މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އަގި ގެ ދަށުން ކުދި ވިޔަފާރި ކުރިއެރުވުމަށް ލޯން ދޫކުރުން

ނޫސް ބަޔާން

"އަގި" ގެ ދަށުން ކުދި ވިޔަފާރި ކުރިއެރުވުމަށް ލޯން ދޫކުރުން.

ދިވެހިރާއްޖޭގައި ކުދި ވިޔަފާރި ކުރިއެރުވުމަށް މި މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭއިން، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް ގެ އެހީގައި ދޫކުރެވޭ 23.13 މިލިއަން ރުފިޔާގެ ކުދިލޯނަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ %81 ވަނީ ބޭންކް އޮފް މޯލްޑިވްސް އިން އިވެލުއޭޓްކޮށް ނިންމާފައެވެ.

މިއަދާ ހަމަޔަށް، އިވެލުއޭޝަނުން ލޯނު ޔަގީންވި ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް ހުށަހެޅި ފަރާތްތަކަށް ލޯނު ފައިސާ ވަނީ ދޫކުރެވިފައެވެ. ނަމަވެސް، ލޯން ޔަގީން ވެފައިވާ 28 ފަރާތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުން އަދި ހުށަހަޅާފައި ނުވާތީ، އެ ލޯނުތައް ދޫކުރުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. މި މަސައްކަތް އަވަސް ކުރުމަށް، ލޯނަށް އެދި ހުށަހެޅި ފަރާތްތަކުން ލޯނާ ގުޅޭ ކަންތައްތަކަށް ސަމާލުވެ، އެކި މަރުޙަލާތަކުގައި ލޯނާގުޅޭ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް އަވަހަށް ނިންމަވައި ދެއްވުމަށް ދަންނަވަމެވެ.

މި ފުރުޞަތުގައި، މި މިނިސްޓްރީން ދިވެހިރާއްޖޭގައި ކުދި ވިޔަފާރި ކުރި އެރުވުމަށް ކުރާ މަސައްކަތްތަކުގައި، އެކިފަރާތްތަކުން ދެއްވާ އެއްބާރުލުމާއި ތަރުޙީބަށް މިނިސްޓްރީން ޝުކުރު ދަންނަވަމެވެ.

 ‏21‏ ރަޖަބު‏ 1435

20 މޭ 2014
ހޯދާ