ދިވެހިރާއްޖެ
29 މޭ 2014 ވާ ބުރާސްފަތި ދުވަހުގެރޭ 08:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ 31 ވަނަ އަހަރީ ޢާންމު ޖަލްސާގެ ނަންބަރު BML/CORP/2014/098 ނޯޓިސް އަށް ޙަވާލާދީ ދަންނަވަމެވެ.
އެޖެންޑާ ނަންބަރު 6 ގައިވާ ގޮތުގެމަތީން ބޭންކުގެ ހިންގާ ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދައިންެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުން.
2014 -2015 ވަނަ އަހަރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
|
ނަން |
އެޑްރެސް |
||
1. |
މރ. އެންޑްރޫ ހީލީ (މެެނޭޖިންްގ ޑިރެކްޓަރ އަދި ސީ.އ.ީއޯ) |
ބޭންކް އޮފް މޯލްޑިވްސް ޕލކ، މާލެ |
||
2. |
އަލްފާޟިލް މުޙައްމަދު ޝަރީފް |
ގ. އިފާއު، މާލެ |
||
3. |
އަލްފާޟިލް މުރުތަޟާ މުޙައްމަދު ދީދީ |
މއ. އަޅިވިލާ، މާލެ |
||
4. |
އަލްފާޟިލް މުޙައްމަދު ލުވޭޒް |
މއ. ދިލާސާގެ، މާލެ |
||
5. |
އަލްފާޟިލް އަބްދުލް ޙާރިޘް |
ގ. އެކްރާ، މާލެ |
||
6. |
އަލްފާޟިލް މުޙައްމަދު އުމަރު |
ތުޑީގެ، ފ. ނިލަންދޫ |
* މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގާ ނޭޝަނަލް ސުޓޫޑެންޓް ލޯންސްކީމުގެދަށުން ނަންބަރު 6 ގައި ބަޔާންކުރެވިފައިވާ އަލްފާޟިލް މުޙައްމަދު ޢުމަރު، ތުޑީގެ، ފ. ނިލަންދޫގެ ނަމުގައި ލޯނެއް މިބޭންކުގައި ރަޖިސްޓަރީ ކުރެވިފައިވެއެވެ. ނަމަވެސް މިލޯނަކީ އަލްފާޟިލް މުހައްމަދު އުމަރުގެ ބޭބެ މަތީތައުލީމު ހާސިލުކުރުމަށް ނޭޝަނަލް ސުޓޫޑެންޓް ލޯންސްކީމުގެދަށުން ސަރުކުން ދޫކޮށްފައިވާ ލޯނެކެވެ.
2014 - 2015 ވަނަ އަހަރަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަކީ:
ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްޞާދާރުން ހޮއްވަވާ 3 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ކުރެވުނު އިޢުލާނާ ގުޅިގެން 4 ފަރާތަކުންވަނީ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައެވެ. ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ނަންތައް އެންްމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނަން |
އެޑްރެސް |
|
1. |
އަލްފާޟިލް މުޙައްމަދު ޢަބްދުއްސައްތާރު |
މއ. ޓިއުލިޕްވިލާ، މާލެ |
2. |
އަލްފާޟިލް އިބްރާހީމް މުޙައްމަދު |
ނެލުމް، ނ. ހޮޅުދޫ |
3. |
އަލްފާޟިލް އިސްމާޢީލް މުޚްތަބާ |
މ. ކުރިނބީ ލޮޖް، މާލެ |
v މިބޭފުޅުންނާބެހޭ އިތުރު މަޢުލޫމާތު މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބިވަޑައިގަންނަވާނެއެވެ.
v މިބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރެވޭ އަދި އިންތިޚާބުކުރެވޭ ޑިރެކްޓަރުންނާ ދެމެދު ސަރވިސް ކޮންޓްރެކްޓެއް ހެދިފައި ނުވާ ވާހަކަ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
16 ރަޖަބު 1435