މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޙައްޖަށް މީހުން ގެންދިއުމަށް މިނިސްޓްރީގެ އުޞޫލުތަކާޚިލާފަށް ފައިސާ ނަގާފައިވާ ފަރާތްތަކުގެ މަޢުލޫމާތު އޮޅުންފިލުވުމަށް

1435 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދޫކުރުމުގެ ކުރިން، ވޭތުވެ ދިޔަ އަހަރުތަކުގައި ޙައްޖަށް މީހުން ގެންދިޔުމުގެ ނަމުގައި އެކި ފަރާތްތަކުން މިމިނިސްޓްރީގެ އުޞޫލުތަކާޚިލާފަށް ފައިސާ ނަގާފައިވާކަމުގެ ޝަކުވާ މިމިނިސްޓްރީއަށް ލިބިފައިވާތީ، އެފަރާތްތަކުގެ މަޢުލޫމާތު އޮޅުންފިލުވުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.

ވީމާ، މިފަދައިން ފައިސާ ނަގާފައިވާ ފަރާތްތައް އެނގިވަޑައިގަންނަވާނަމަ އެމަޢުލޫމާތު ހެއްކާއެކު 5 ދުވަހުގެ ތެރޭގައި މިމިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

24 ޖުމާދަލްއާޚިރާ 1435

24 އޭޕްރިލް 2014
ހޯދާ