މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގައި މަސައްކަތްކުރާ ހުރިހާ ސީމަނުންގެ ތަޢުލީމާއި ތަމްރީނު ދިނުމާބެހޭ

ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާބެހޭ ޖަމުޢިއްޔާ، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ މުޢާހަދާއެއްކަމަށްވާ "އިންޓަރ ނޭޝަނަލް ކޮންވެންޝަން އޮން ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ، ސެޓްފިކޭޝަން އެންޑް ވޮޗްކީޕިންގ ފޯ ސީފެއަރަރޒް، 1978 " އޭޒް އެމެންޑެޑް (އެސް.ޓީ.ސީ.ޑަބްލިޔު) މުޢާހަދާގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގައި މަސައްކަތްކުރާ ހުރިހާ ސީމަނުންގެ ތަޢުލީމާއި ތަމުރީނު ދިނުމަށް މިއޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތް ތިރީގައި މިދަންނަވަނީއެވެ.

- މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓަރފޯރ މެރިޓައިމް ސްޓަޑީޒް

ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގައި މަސައްކަތްކުރާ ސީމަނުންގެ ތައުލީމާއި ތަމުރީނު ދޭ މަރުކަޒުތަކަކީ މި އޮތޯރިޓީން ކަނޑައަޅާފައިވާ ގައިޑުލައިނާ އެއްގޮތަށް އެ މަރުކަޒެއް މި އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ މަރުކަޒަކަށް ވާންޖެހެއެވެ. އަދި އެ މަރުކަޒަކުން ހިންގާ ކޯސްތަކަކީ މި އޮތޯރިޓީން އެޕްރޫވުކޮށްގެން ހިންގާ ކޯސްތަކަކަށްވެސް ވާންޖެހެއެވެ. ނަމަވެސް މިހާރަކަށްއައިސް ބައެއްފަރާތްތަކުން މި އޮތޯރިޓީގެ ހުއްދަނެތި އަދި ރަޖިސްޓަރީ ކޮށްފައިވާ މަރުކަޒެއްނެތި މޯބައިލްކޮށް ކޯސްތައް ހިންގަމުންގެންދާކަމުގެ ޝަކުވާތައް މި އޮތޯރިޓީއަށް ލިބެމުންދެއެވެ.

މެރިޓައިމާ ގުޅޭ ތައުލީމާއި ތަމުރީނު ދިނުމަށް މި އޮތޯރިޓީން ދޫކުރާ ހުއްދަނެތި އަދި ރަޖިސްޓަރީ ކޮށްފައިވާ މަރުކަޒެއްވެސްނެތި މިފަދަ ކޯސްތައް ހިންގުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އަދި މި އޮތޯރިޓީން ހަދާފައިވާ ގައިޑުލައިނާ ހިލާފަށް ކުރާކަމަކަށްވާތީ، މިގޮތަށް ހުއްދަނެތި ހިންގާ ކޯސްތަކުން ދޫކުރާ ސެޓުފިކެޓުތަކަށް ބިނާކޮށްގެން މި އޮތޯރިޓީން އެއްވެސް ސެޓުފިކެޓެއް ހަދައި ނުދޭނެކަން އާންމުކޮށް އަންގައި އިއުލާނުކުރީމެވެ. އަދި އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގައި މަސައްކަތް ކުރުމަށް ބޭނުންވާ ކޯސްތައް ހަދާނަމަ އެފަރާތްތަކުން މިކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

6 ޖުމާދަލްއާޚިރާ 1435                                                     

06 އޭޕްރިލް 2014
ހޯދާ