މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބުރޯޑުކާސްޓުކުރުމުގެ ކޯޑު އޮފް ޕުރެކްޓިސްއާ ޚިލާފުވުމުން ދެވޭ އިންޒާރު

މިއީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން 12 ފެބުރުވަރީ 2014 ގައި ދިއެފްއެމް ޕްލަސްއިން ކޮންޓެންޓު ގެނެސްދީފައިވަނީ އެ ފަރާތްތަކުގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ކަމަށް ނިންމައި، އަދި މިއީ ބުރޯޑުކާސްޓުކުރުމުގެ ކޯޑު އޮފް ޕުރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއްކަމަށް ކުރިންވެސް ނިންމާފައި އޮތްކަމަކަށް ވާތީ އާއި މި ކަންކަމަށް ފިޔަވަޅު އެޅުމުން ވެސް އެއްވެސް އިސްލާހެއް ގެނެސްފައިނުވާތީ، ބުރޯޑުކާސްޓުކުރުމުގެ ކޯޑު އޮފް ޕުރެކްޓިސްއާ ޚިލާފު ނުވުމަށް، ބުރޯޑުކާސްޓުކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން، މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެވޭ އިންޒާރެކެވެ.

01 އޭޕްރިލް 2014
ހޯދާ