ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސަސް ގައި ރަޖިސްޓަރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިހާނާ ބެހޭ.

 މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސަސް ގައި ރަޖިސްޓަރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިހާނާ ބެހޭ.

 ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕުރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނެއް މި ފެކަލްޓީގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނު ބޭއްވޭ ތާރީޚު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެބުސައިޓު www.mnu.edu.mv އިން ފެނިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު މި ފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އިމްތިޙާނަށް ވަޑައިގަންނަވަން ޖެހޭގަޑި އިމްތިޙާނު އޮންނަ ދުވަހުގެ 3 ދުވަސް ކުރިން މި ފެކަލްޓިގެ ނަންބަރު 3346500 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 އިމްތިހާނުގެ ފީއަކީ އިމްތިޙާނުގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް 750.00 ރުފިޔާއެވެ. ފައިސާ ދައްކަވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށެވެ. އިމްތިޙާނަށް ވަޑައިގަންނަވާއިރު ގެންނަވަންޖެހޭ ތަކެތި ތިރީގައި ދެންނެވިފައި މިވަނީއެވެ.

* މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސަސް އިން ދެއްވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް.

* އައިޑެންޓިޓީ ކާޑު ނުވަތަ ޕާސްޕޯޓު.

* ފައިސާ ދެއްކެވިކަމުގެ ރަސީދު.

       08 ޖުމާދަލްއާޚިރާ 1435

08 އޭޕްރިލް 2014
ހޯދާ