މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚިދްމަތްތައްދޭ ގަޑިތަކާއިގުޅޭ

ޚިދްމަތްތައްދޭ ގަޑިތަކާއިގުޅޭ

 

ދުނިޔޭގައި ހަލުވިކަމާއިއެކު  ފެތުރެމުންދާ ކޯވިޑް 19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ މުޙިއްމު ގިނަ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ އޮފީސްތަކާއި އިދާރާތައް ބަންދުކޮށްފައިވާ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށްޓަކައި ސަރުކާރު ބަންދު ވެފައިވާ މިދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު 10:00ން 12:00އަށް ކައުންސިލް އިދާރާ ހުޅުވާ ވީހާ މަދު މުވައްޒަފުން ނެރެގެން މިދަންނަވާ ޚިދުމަތްތައް ދިނުމަށް މިކައުންސިލުން ހަމަޖައްސައިފީމެވެ. އަދި މިދުވަސްތަކާއި ގަޑިތަކުގެ އިރުތަށް ފަރުދީ ގޮތުން ދިމާވާ މުޙިއްމު ކަންތައްތައް ކޮށްދިނުމަށްވެސްވަނީ ހަމަޖައްސާފައެވެ.

1-    އަލަށް އުފަންވާކުދިން ރަޖިސްޓްރީ ކުރުމާއި ނިޔައުމީހުން ރަޖިސްޓްރީން އުނިކުރުން

2-    އަލަށް އުފަންވާކުދިންގެ އުފަންދުވަހުގެ ސެޓްފިކްޓް ހެއްދުން.

މިކަންކަމުގެ އިތުރުން ދިމާވާ މުޙިއްމު ކަންކަމާއި ޚާއްސަ ލިޔުމެއް ކައުންސިލް މެދުވެރިކޮށް ފޮނުވަންޖެހޭ ޙާލަތްތަކުގައި ގުޅުއްވާނީ ކައުންސިލްގެ ރައީސް އަޙްމަދު އަނީސް ފޯންނަންބަރ:9194449 ނުވަތަ އެސިސްޓެންޓް ޑިރެކްޓަރ މޫސާ މުސްތަފާ ޙުސައިން ، ފޯނުނަންބަރ: 9706914 އަށް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

07 އޭޕްރިލް 2020
ހޯދާ