ދިވެހިރާއްޖެ
އިޢްލާން
ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭޚިދުމަތްތަކާގުޅޭ
ކޮވިޑް 19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި މި މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް 5 އޭޕްރިލް 2020 އިން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި ޚިދުމަތްތަކަށް އެދުމަށް ހުށަހެޅޭނީ، މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް beta-business.egov.mv ނުވަތަ އީމެއިލް އެޑްރެސް [email protected] .މެދުވެރިކޮށެވެ
ޚިދުމަތްތަކުގެ ތަފްޞީލު
1- ވިޔަފާރި ނަން ފާސްކުރުން
2- ވިޔަފާރި ނަން ރަޖިސްޓްރީކުރުން
3- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން
4- ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން
5- ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން
6- ލޯގޯ ރަޖިސްޓްރީކުރުން
7- ސީލް ރަޖިސްޓްރީކުރުން
8- ޓްރޭޑްމަރކް ރަޖިސްޓްރީކުރުން
9- ވިޔަފާރި ޙަރަކާތް ރަޖިސްޓަރީކުރުން
މީގެ އިތުރުން، ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާ ގުޅިގެން، އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.