ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އީ.އައި.އޭ ކޮންސަލްޓެންސީ ސަރވިސް ހޯދުމަށް ކުރެވުނު އިޢުލާން ގެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޙް އަށް ބަދަލު އައުމާ ގުޅޭ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                                  ނަމްބަރު: RDC-IUL/PROC/2020-26

  

އީ.އައި.އޭ ކޮންސަލްޓެންސީ ސަރވިސް ހޯދުމަށް ކުރެވުނު އިޢުލާން ގެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޙް އަށް ބަދަލު އައުމާ ގުޅޭ

 

 މި ކޯޕަރޭޝަންގެ ނަންބަރު: RDC-IUL/PROC/2020-23 އިޢުލާން އާއި ގުޅިގެން ކޯޓޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ ތާރީޙް (7 އޭޕްރިލް 2020) ބަދަލުވިކަން އަންގާ އިޢުލާންކުރަމެވެ.                       

                           މި ކޯޕަރޭޝަންގެ ހަވާލުގެ ދަށުން ށ.މިލަންދޫ އަދި އދ.މާމިގިލީގައި ހެދުމަށް ހަމަޖެހިފައވާ މަގުތަކުގެ މަސައްކަތް ކުރިއަށް ގެނަދިއުމަށް ހަދަން ބޭނުންވާ "އެންވައިރޮމެންޓަލް އިމްޕެކްޓް އެސެސްމަންޓް" (އީ.އައި.އޭ) އަށް ކޮންސަލްޓަންސީ ހިދުމަތް ބޭނުންވެއެވެ. މި މަސައްކަތުގެ ތަފްސީލް މި އިޢުލާން އާއި އެޓޭޗް ކުރެވިފައި ވާނެއެވެ.

                            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 9 އޭޕްރިލް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 މި އޮފީހަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވިޔަސް، ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާކަން އަންގަމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

 

                            ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 9912020

                            މެއިލް : [email protected]

04 އޭޕްރިލް 2020
ހޯދާ