ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 ރޯގާއާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް ދެނެގަތުން

ކޮވިޑް-19 ރޯގާއާއި ގުޅިގެން ވަޒީފާ އަދާކުރާ ގިނަ ފަރާތްތަކެއްގެ، މުސާރައާއި އިނާއަތްތައް ކުޑަކުރުމާއި، މުސާރައާއި ޢިނާއަތްތައް ނުލިބޭ ގޮތަށް، ނޯޕޭ ލީވް ނަގަން މަޖްބޫރު ކުރުމާއި ބައެއް ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ޝަކުވާ މިކައުންސިލަށް އަންނަނީ ލިބެމުންނެވެ. އެހެންކަމުން ކުޅުދުއްފުށީގެ ރަށްވެހިންނާއި ކުޅުދުއްފުށީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން 01 މާރިޗު 2020އިން ފެށިގެން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް ކަމާގުޅުންހުރި އިދާރާތަކަށް ހުށައަޅައިގެން ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް މިކައުންސިލްއިން ވަނީ ނިންމާފައެވެ.

ވީމާ މިފަދަ ހާލަތެއް ދިމާވެފައިވާ ފަރާތްތަކުން، އެފަރާތްތަކުގެ މަޢުލޫމާތު މި ކައުންސިލްއިން ޤާއިމްކޮށްފައިވާ  އޮންލައިން ފޯރމް (https://forms.gle/ut6ce25wuYPWMPct8) މެދުވެރިކޮށް ހިއްސާ ކޮށްދެއްވުން އެދި ދެންނެވީމެވެ. ފޯރމް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރަން އުނދަގޫ ފަރާތްތަކުން މިކައުންސިލްގެ ހޮޓްލައިން 9531312 އަށް ފުރިހަމަ ނަން، އައިޑީ ކާޑް ނަމްބަރު އަދި ގުޅޭނެ ނަންބަރާއެކު މެސެޖް ނުވަތަ ވައިބަރ ކުރުމުން ގުޅައިގެން ފޯރމް ފުރައިދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.  

02 އޭޕްރިލް 2020
ހޯދާ