ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޮނޑުދޮށުން ކަށިވެއްޔާއި އަކިރި ނެގުން މަނާކުރުމާ ގުޅޭ

މިހާރަކަށް އައިސް ރަމަޟާންމަހަށް ގޭދޮށް ޒީނަތްތެރިކުރުމަށް ރަށުގެ ގޮނޑުދޮށުން ކަށިވެލި އަދި އަކިރި ނަގަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ ތަފާތު އެކި ފަހަރު މަތިން މަނާކުރެވިފައިވާ ކަމެއްކަމަށް ވެފައި، މި ކަމަކީ ޤާނުނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު 2012/R-9 ( ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެ ކުށެއްކަމުގައި އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އަންގަވާފައިވާތީ މި ފަދަ ޢަމަލުތައް ނުކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްޠިމާސްކުރަމެވެ.

              ވީމާ މިކަން ޢާއންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

02 އޭޕްރިލް 2020
ހޯދާ