މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ސުޕިރޯސިން އޮއިންޓްމެންޓާ ބެހޭ

ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް މިއޮތޯރިޓީގައި ރަޖިސްޓަރީކޮށް، ހުއްދަ ދީފައިވާ ގްލެންމާރކް، އިންޑިއާގެ Supirocin (Mupirocin) Ointment ރަޖިސްޓަރީ ކޮށްފައިވާ ޕެކްގެ އިތުރުން ހަމައެކަނި އިންޑިއާގެ ލޯކަލް މާކެޓަށް އުފައްދާފައިވާ ސުޕިރޯސިން އޮއިންޓްމެންޓެއް ރާއްޖޭގައި މިހާރު ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަނުކުރާ ވަކި ގައުމަކަށް ހާއްސަކޮށްގެން ތައްޔާރުކުރާ ބޭހަކީ ފެންވަރާއި އަދި އޭގެ ރައްކާތެރިކަން ބެލިފައިވާ ބޭހަކަށްނުވާތީ ބޭސް އެތެރެކުރުމާއި ވިއްކުމަކީ ބޭހުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ގާނޫނު ނަންބަރު 75 /78 ގެ ދަށުން މަނާ ކަމެއްކަން އާންމުކޮށް އަންގައި އިއުލާނުކުރަމެވެ.

ދެންނެވިފައިވާ ބޭހުގެ އިންޑިއާގެ ލޯކަލް މާކެޓަށް އުފައްދާފައިވާ ބޭހާއި އަދި މިއޮތޯރިޓީގައި ރަޖިސްޓަރީކުރެވި ހުއްދަދެވިފައިވާ ސުޕިރޯސިން އޮއިންޓްމަންޓުގެ ތަފާތު ތިރީގައި ދެންނެވިފައި މިވަނީއެވެ.

ބޭހުގެ ނަން

ރަޖިސްޓަރީކޮށްފައިވާ ބޭސް

ރަޖިސްޓަރީ ނުކުރާ ބޭސް

Supirocin Ointment

  • ލޭބަލްގައި ހަމައެކަނި އިނގިރޭސި ބަހުން ލިޔެފައި
  • ހުދުކުލައާއި ގަދަނޫ ކުލައިގެ އުރައެއް
  • ލޭބަލްގައި އިނގިރޭސި އަދި ހިންދީބަހުން ލިޔެފައިވާ
  • ހުދުކުލައާއި މަޑުނޫކުލައިގެ އުރައެއް

މިބާވަތުގެ ލޯކަލް މާކެޓަށް އުފައްދާފައިވާ ބޭސް މިހާރަކަށް އައިސް އެތެރެކުރުމާއި ވިއްކުން އާންމު ވަމުންދާކަން މިއޮތޯރިޓީއަށް ދަނީ ފާހަގަކުރެވެމުންނެވެ. މިގޮތުން ބެކްޓޮކްލޭވް ޓެބްލެޓް، އާރް ބީޓޯން ކެޕްސޫލް އަދި މިލިކަލް ޓެބްލެޓުގެ ލޯކަލް މާކެޓަށް އުފައްދާފައިވާ ވައްތަރުތައް ވަނީ ފެނިފައެވެ. އަދި މި ތަކެތި މިހާރުވާނީ މާކެޓުން ރީކޯލްކޮށް ނައްތާލެވިފައެވެ.

ވީމާ މިއޮތޯރިޓީގައި ރަޖިސްޓަރީ ނުކުރާ، ހުއްދަނޫން، ލޯކަލް މާކެޓަށް އުފައްދާފައިވާ އަދި ވަކިހާއްސަ މާކެޓަކަށް އުފައްދާފައިވާ ބޭސް އެތެރެކޮށް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ 3014322 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

             10 ޖުމާދަލްއާޚިރާ 1435ހ.

10 އޭޕްރިލް 2014
ހޯދާ