އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

އިޢުލާން

މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމައްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވެއެވެ. މިގޮތުން މިހާރުވެސް ދަނޑުވެރިކަމަށާއި އޮޅު ހެއްދުމަށް ބިންތައް ދޫކުރެވިފައިވާ ފަރާތްތަކުން ގޮވާންކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރަމެވެ. ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެވާހަކަ ދަންނަވަމެވެ. އަދި ހަމައެހެންމެ ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ދެވޭ އެހީތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެ ވާހަކަވެސް ދަންނަވަމެވެ. ހަމައެހެންމެ އަލަށް ދަނޑުހެއްދުމަށާއި އޮޅު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. ދަނޑުހެއްދުމަށާއި އޮޅުހެއްދުމަށް ބިން ބޭނުންވާ ފަރާތްތަކުން 2020 މާރިޗު 30 ވާ ހޯމަ ދުވަހުން ފެށިގެން އެއަވަށެއްގެ އަވަށު އޮފީހަށް މެއިލް ކުރައްވަމުން ގެންދެވުން އެދެމެވެ.

ހިތަދޫ އަވަށު އޮފީސް: [email protected]

މަރަދޫ އަވަށު އޮފީސް:   [email protected]

މަރަދޫ ފޭދޫ އަވަށު އޮފީސް:  [email protected]

ފޭދޫ އަވަށު އޮފީސް:  [email protected]

ހުޅުދޫ އަވަށު އޮފީސް: [email protected]

މީދޫ އަވަށު އޮފީސް: [email protected]

 

06 ޝަޢުބާން 1441

30 މާރިޗު 2020
ހޯދާ