ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ހުޅުލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި 06 އޭޕްރީލް އިން 09 އޭޕްރީލް 2020
މިއިން ކޮންމެ ދުވަހެއްގެ ހެދުނު 06:00 އިން 18:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މިތަމްރީނުތަކުގައި ހުޅުލޭގެ އިރުން 07 މޭލު ބޭރުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާތީ
އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މެޝިން ގަން ފަޔަރިންގ
2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 5000 މީޓަރ
3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ހުޅުލޭގެ އިރުން 7 މޭލު ބޭރުގައި
ވީމާ ހުޅުލޭގެ އިރުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.