ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

           ދަނޑުވެރިކަން ކުރުމަށް މި އިދާރާއިން ކުއްޔަށް ދީފައިވާ ބިންތަކުގެ ތެރެއިން 3 ބިން އަދި ގެރި ބަކަރި/ކުކުޅު ގެންގުޅުމަށް ދޫކޮށްފައިވާ 1 ބިން ، އެތަން ތަން  ކުއްޔަށް ހިފި ފަރާތުން ދޫކޮށްލާފައިވާތީ ކޮންމެ ބިމެއްވެސް މަހަކު އަކަފޫޓަކަށް 15 ލާރިއަށްވުރެ ކުޑަނުވާގޮތަށް 5 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ކުއްޔަށް ހިފަން ބޭނުންވާ އަގު އެނގޭގޮތަށް 2020 އެޕްރީލް 05 ވާ އާދިއްތަ ދުވަހުގެ 12:00 އަށް މި އިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއިއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

               މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

29 މާރިޗު 2020
ހޯދާ