މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެމްޕްލޮއިމަންޓް އެޕްރޫވަލް ގެ ދަށުން ރާއްޖެ އެތެރެވާ ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން ހުއްދަ ހޯދުމާ ގުޅޭ

އިއުލާން

އެމްޕްލޮއިމަންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އެތެރެވާ ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން ހުއްދަ ހޯދުމާ ގުޅޭ

މޯލްޑިވްސް އިމިގްރޭޝަން އިން 21 މާރިޗް 2020 ވަނަ ދުވަހު ކުރައްވާފައިވާ އިއުލާން ގައި ވާގޮތުން، އަލަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދައިގެން ވަޒީފާ އަށް އަންނަ ފަރާތްތަކާއި ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ވަޒީފާއަށް އަންނަ ފަރާތްތަކަށް ރާއްޖެ އެތެރެވެވޭނީ، މި މިނިސްޓްރީން ދޫކުރާ ހާއްޞަ ހުއްދައެއްގެ ދަށުން ކަމުގައި ވަނީ ހަމަޖައްސާފައެވެ.

މަތީގައި ދަންނަވާފައިވާ ޚާއްސަ ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކުން، ބިދޭސީން ރާއްޖެ އައުމުގެ 48 ގަޑި އިރު ކުރިން މި މިނިސްޓްރީއަށް ފޯމްއަކުން އެކަން ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފީމެވެ. މި ހާއްޞަ ހުއްދަ އަކީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގައި ކޮންމެހެން ގެންނަންޖެހޭ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ގެ އިތުރަށް ހޯދަންޖެހޭ ހުއްދައެކެވެ. މިކަމަށް އެދޭ ފޯމް މި މިނިސްޓްރީއަށް ހުށަހަޅާތާ 48 ގަޑި އިރު ތެރޭގައި މި ދެންނެވި ހާއްޞަ ހުއްދަ ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ހާއްޞަ ހުއްދަ އަށް އެދޭ ފޯމް ހުށަހަޅާނީ މި މިނިސްޓްރީގެemployment@trade.gov.mv  އީމެއިލް މެދުވެރިކޮށެވެ. އަދި އެކަމާ ބެހޭ ފޯމް މި މިނިސްޓްރީގެ ވެބްސައިޓް employment.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ހުއްދަ އަށް އެދޭ ފަރާތްތަކަށް ހުއްދަ ދެވޭނީ އީމެއިލް ގެ ޒަރިއްޔާއިންނެވެ. މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

‏28‏ ރަޖަބް‏ 1441

22 މާރިޗު 2020
ހޯދާ