މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ޢާންމު ހިއްސާދާރުންނަށް ޚިދުމަތްދޭ ކައުންޓަރުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުން.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ވެސް ފެތުރެން ފަށާފައިވާތީ، އެބަލި ފެތުރުން ކުޑަކުރުމަށާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މައްޗަށް ކުންފުނިން އަޅާފިޔަވަޅުތަކުގެ ތެރެއިން ކުންފުނީގެ ޢާންމު ޙިއްސާދާރުންނަށް ޚިދުމަތް ދެމުންގެންދާ ކައުންޓަރުން ދެމުންގެންދާ އެންމެހާ ޚިދުމަތްތަށް، ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާއި، ކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފިޔަވަޅެއްގެ ގޮތުން 19 މާރިޗް 2020 ން 01 އެޕްރީލް 2020 ގެ ނިޔަލަށް މެދުކަނޑާލުމަށް ކުންފުނިން ނިންމާފައިވާކަން ޢާންމުކޮށް އަންގާ އިޢްލާން ކުރަމެވެ.

 

އަދި މިފަދަ ޚުޡޫރަތްތެރި ދަނޑިވަޅުތަކުގައި ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ކުންފުންޏަށް ދެމުންގެންދާ އެއްބާރުލުން ފާހަގަކުރަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3001107(960)  ނުވަތަ (960) 3001113 ނަންބަރާ ގުޅުއްވުން އެދެމެވެ. 

 

19 މާރިޗު 2020
ހޯދާ