ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ބިނާކުރާ އައްޑޫ ކޯޓު ކޮމްޕްލެކްސް ޢިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ބީ.އޯ.ކިއު ތައްޔާރުކުރުމާއި، ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫ ސިޓީގައި ބިނާކުރާ އައްޑޫ ކޯޓު ކޮމްޕްލެކްސް ޢިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ބީ.އޯ.ކިއު ތައްޔާރުކުރުމާއި، ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު:64 198F/2020/އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ އެ ޢިއުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މި ކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 27 މާރިޗް 2020 ވަނަދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 މާރިޗް 29 ވަނަ ދުވަހުގެ  11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ރަޖަބް   1441

18 މާރިޗު 2020
ހޯދާ