މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
Falsified Quinine Sulphate 300mg އާއި ގުޅޭ

ފާރމަސޫޓިކަލް އެލާރޓް

 

               ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އަސާސީ ބޭސް ލިސްޓްގައި ހިމެނޭ Quinine Sulphate އަކީ މެލޭރިއާގެ ފަރުވާ އަކަށް ބޭނުން ކުރާ ބޭހެކެވެ  ފޯލްސިފައިޑް Quinine Sulphate 300mg ހުޅަނގު އަދި މެދު އެފްރިކާގެ ގައުމުތަކުގައި ދައުރުވަމުންދާ ކަމަށް   ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެލާޓް ނަންބަރ: RPG/REG/ISF/Alert No1.2020 ގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި މިބޭހުގެ އެއްބެޗެއްގެ ތަފާތު 6 ކޮމްބިނޭޝަނެއްގައި، ބޭހުގެ ކޮލިޓީ އޮޅުވާލުމުގެ މަގުސަދުގައި   ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އައުޓް ޑޭޓް ވެފައިވާ ލޯގޯ އެއް ވަނީ ބޭނުން ކޮށްފައެވެ. މީގެ އިތުރުން މި ބޭސްތައް ތަހްލީލު ކުރެވި ނަތީޖާ ލިބުނު އިރު ހުންނަންޖެހޭ އެކްޓިވް އިންގްރީޑިއަންޓް ނެތްކަން ފާހަގަ ކުރެވެއެވެ.

  މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި (އެޕްރޫވްޑް ޑްރަގް  ލިސްޓް) ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން ނޭޝަނަލް ޕްރޮގްރާމްގެ ބޭނުމަށް އެތެރެކުރާ ބޭހެކެވެ.  ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ.

 

Analysis Results

Expiry Date

Date of Manufacture

Batch Number

Identified In

No quinine identified; Traces of chloroquine

10/2023

10/2018

44680

Chad

No quinine identified; Traces of chloroquine

04/2021

04/2017

44680

Chad

No samples available; No analysis conducted

03/2018

03/2015

44680

Chad

No quinine identified

10/2020

09/2017

44680

Cameroon

No quinine identified

04/2021

04/2017

44680

Nigeria

No quinine identified

10/2020

09/2017

44680

Nigeria

             ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުން އެދެމެވެ.

 

              23 ރަޖަބު 1441

18 މާރިޗު 2020
ހޯދާ