މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާރިޗް 19 އިން ފެށިގެން 26ށް ސަރުކާރު ބަންދުވުމާއި ގުޅިގެން މި އިދާރާއިން ކޮށްފައިވާ އިއުލާންތަކުގެ ތާރީޚުތަކަށް ބަދަލުގެނައުން

އިޢުލާން

މާރިޗް 19 އިން ފެށިގެން 26ށް ސަރުކާރު ބަންދުވުމާއި ގުޅިގެން މި އިދާރާއިން ކޮށްފައިވާ އިއުލާންތަކުގެ ތާރީޚުތަކަށް ބަދަލުގެނައުން

  • ފުޓުބޯޅަ ދަނޑުގެ ފެންސް ޖެހުމުގެ އިއުލާން (އިއުލާން ނަންބަރު (IUL)298/2020/16) އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުން 30 މާރިޗް 2020 ގެ 11:00 ށް ބަދަލުކުރުން.
  • މިސްކިތްތައް މަރާމާތު ކުރުމުގެ އިއުލާން (އިއުލާން ނަންބަރު (IUL)298/2020/17) އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުން 2 އޭޕްރީލް 2020 ގެ 11:00 ށް ބަދަލުކުރުން.
  • މިސްކިތްތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ އިއުލާން (އިއުލާން ނަންބަރު (IUL)298/2020/18) އާއި ގުޅިގެން މައުލޫމާތު ސާފުކުރުން 31 މާރިޗް 2020 ގެ 11:00 ށް އަދި އަންދާސީ ހިސާބު ހުށަހެޅުން 5 އޭޕްރީލް 2020 ގެ 11:00 ށް ބަދަލުކުރުން.
  • އިޖުތިމާއީ ސަރަހައްދު ކުނިކަހާ ސާފުކުރުމުގެ އިއުލާން (އިއުލާން ނަންބަރު (IUL)298/2020/19) އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުން 1 އޭޕްރީލް 2020 ގެ 11:00 ށް ބަދަލުކުރުން.

              މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                 23 ރަޖަބު 1441

                  18 މާރިޗް 2020

18 މާރިޗު 2020
ހޯދާ