ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްވެހިންގެ ރަޖިސްޓަރީ އެކުލަވާލުން

ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ) 24 ވަނަ މާއްދާގެ (ހހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހދ.ކުޅުދުއްފުށީގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްވެހިންގެ ރަޖިސްޓަރީއެއް(ދަފުތަރެއް) އެކުލަވާލުމުގެ މަސައްކަތް މިއިދާރާއިން މިގެންދަނީ ކުރަމުންނެވެ.

ވީމާ، މިރަށުގައި ދިރިއުޅުއްވާ އެހެން ރަށްރަށުގެ ރައްވެހިން މިއިދާރާގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުއްވުންއެދެމެވެ. ރަޖިސްޓަރީވުމަށް ހުށަހަޅުއްވާނީ އެކަމަށް އެދޭ  ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށެވެ. އިސްވެދެންނެވުނު ގޮތުގެ މަތިން ރަޖިސްޓަރީވާ ފަރާތަކަށް މިރަށުގައި ދިރިއުޅޭކަން ބަޔާން ކޮށްދިނުމުގެ ގޮތުން ލިޔުމެއް ދޫކުރެވޭނެއެވެ. މިދެންނެވި ލިޔުމަކީ އެފަދަ ފަރާތްތަކުން މިރަށުގައި ދިރިއުޅޭކަން ބަޔާންކޮށް ދިނުމަށްޓަކައި ދައުލަތުގެ އޮފީސްތަކަށާއި، ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައިގެން އެފަރާތްތަކުން ދޭ ޚިދުމަތްތައް ހޯދުމަށް ބޭނުންކުރެވޭނެ ލިޔުމެކެވެ. މިދެންނެވުނު ގޮތުގެ މަތިން ރަޖިސްޓަރީ ނުވާ ފަރާތްތަކަށް މިރަށުގައި ދިރިއުޅޭކަން ބަޔާންކޮށްދިނުމަށް ދޫކުރާ ލިޔުން މީގެ ފަހުން ދޫނުކުރާގޮތައް ހަމަޖެހިފައިވާ ވާހަކަވެސް ދަންނަވައި މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 ޖަނަވަރީ 2020
ހޯދާ