ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެވުނު ފަނޑިޔާރުންނަށާއި އެޕެކޭޖްގައި ހިމެނޭ މުވައްޒަފުންނަށް ބޭނުންވާ ފަރނީޗަރ ހޯދުމާ ގުޅޭ

ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެވުނު ފަނޑިޔާރުންނާއި އެޕެކޭޖްގައި ހިމެނޭ މުވައްޒަފުންނަށް ބޭނުނވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު F/2020/61 ނޯޓިސްއާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ކުރިމަތިލާފައިނުވާތީ މި ތަކެތި ސަޕްލައިކޮއްދޭނެ ފަރާތެއް ހޯދަން އަލުން ބޭނުންވެއެވެ.  

އަދަދު

ތަކެތި

02

ސޯފާ ސެޓް (02 ގޮނޑީގެ)

01

އެގްޒެކްޓިވް މޭޒު

 

މި ކަމާގުޅޭ މަޢުލޫމާތުޝީޓް އަދި އެނެކްސް-1 މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑުގެ ކުދި މަރާމާތު އަދި އެހެނިހެން ޕްރޮކިއުމަންޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މި ތަކެއްޗައް އަގު ހުށަހަޅުއްވާއިރު މަޢުލޫމާތު ޝީޓުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތައް ބާޠިލް ކުރެވޭނެވާހަކަ ދެންނެވީމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3340871 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މާރޗް 2020 ވަނަ ދުވަހު 12:00 ގެ ކުރިން info@judiciary.gov.mv އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

17 މާރިޗު 2020
ހޯދާ