އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސަޖިދުލް ބާޤިޔާތު ބަންދު ކުރުމާއި ގުޅޭ

އިޢުލާން

 

  1441 ވަނަ އަހަރުގެ ރަމަޟާން މަހަށް މިސްކިތްތައް މަރާމާތު ކުރުމުގެ ޕްރޮގްރާމް ގެ ދަށުން މަސްޖިދުލް ބާޤިޔާތު މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ތެރޭގައި، މިސްކިތުން ކޮނެފައިވާ ސަރަޙައްދުން ވަނީ ޤަބުރުތަކެއް ފެނިފައެވެ. އަދި އިތުރަށް ބެލި ބެލުމުން މިސްކިތުގެ އިމާރާތުގެ ދަށުންވެސް ޤަބުރު ފެނިފައި ވުމާއި ގުޅިގެން، 16 މާރިޗު 2020 ވާ ހޯމަ ދުވަހުން ފެށިގެން ސ.ހިތަދޫ މަސްޖިދުލް ބާޤިޔާތު ބަންދު ކުރެވިފައިވާ ވާހަކަ އައްމުކޮށް އަންގާ އިއުލާން ކުރީމެވެ.

21 ރަޖަބު 1441

16 މާރިޗު 2020
ހޯދާ