ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯވިޑް 19 އާ ގުޅޭ

ކޯވިޑް 19، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ،  2020 މާރިޗް 15 ވަނަ ދުވަހުން ފެށިގެން، މި ކައުންސިލުން ވަކި ގޮތެއް ކަނޑައަޅަންދެން، ކައުންސިލުން ހިންގާ ޕްރީސުކޫލް އަދި ޤުރުއާން ކުލާސް ވަގުތީގޮތުން މެދު ކަނޑާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ފުޓުސަލް ދަނޑާއި ވޮލީ ކޯޓާއި، މި ނޫންވެސް ކުޅިވަރު ކުޅޭ ބިންތައް ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ޒަރޫރީ ބޭނުމެއް ނެތް ގޮތުގައި މޫދާއި، ގޮނޑުދޮށްތަކާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރާތްކުރުމާއި، ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނާއި، ބަލި މީހުން ތިބޭ ތަންތަނާއި، އަދި ޞިއްޙީމަރުކަޒުތަކަށް މި ދުވަސްވަރު ޒިޔާރަތް ނުކުރުމަށް އިލްޠިމާސްކުރަމެވެ. މި ކަންކަމަކީ، އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަދާނުކޮށްފިނަމަ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަންކަން ކަމުގައިވާތީ މިކަންކަމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަންދީ، ފުރިހަމަ އެއްބާރުލުން ދެއްވުމަކީ މި ކައުންސިލުގެ ވަރަށް ބޮޑުއެދުމެކެވެ.

                   ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

15 މާރިޗު 2020
ހޯދާ