އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާރޓްމަންޓަށް ޖާގަ އިތުރު ކުރުމަށް ޢިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާރޓްމަންޓަށް ޖާގަ އިތުރު ކުރުމަށް ޢިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް މީޓިން ރޫމަށް ނުވަތަ މިނިސްޓްރީގެ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމާއި އަދި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

15 މާރޗް 2020 ވާ އާދިއްތަ ދުވަހުން ފެށިގެން 17 މާރޗް 2020 ވާ އަނަގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީ ދުވަސްތަކުގައި

މައުލޫމާތު ދިނުން

18 މާރޗް 2020 ވާ ބުދަ ދުވަހުގެ ހެދުނު 11:00

އަންދާސީ ހިސާބު ހުށައެޅުއްވުން

24 މާރޗް 2020 ވާ އަންގާރަ ދުވަހުގެ ހެދުނު 11:00

 

މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580029 އަށް ގުޅުއްވުން އެދެމެވެ.

14 މާރިޗު 2020
ހޯދާ