ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 ރޯގާއާއި ގުޅިގެން ހޮނިހިރު ބާޒާރު ވަގުތީގޮތުން ހުއްޓާލުމާއި ގުޅޭ

ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން އާންމުން ގިނަ އަދަދަކަށް ޖަމާވެ އުޅޭ ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ވަގުތީ ގޮތުން ހުއްޓާލަން ހަމަޖެހިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައިވާ މިވަގުތުގައި ގިނަ އަދަދެއްގެ މީހުން އެތަނަކަށް ޖަމާވެ އުޅުމަކީ ސިއްހީ ގޮތުން ރައްކާތެރިކަމަކަށް ނުވާތީ ހޮނިހިރު ބާޒާރު ކުރިއެކޭ އެއްގޮތަށް ބާއްވާނެ ތާރީހެއް ފަހުން އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.

                މިފަދަ ކަންކަމުގައި ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ އެކި ރަށްރަށުގެ ފަރާތްތަކާއި ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވަމެވެ.

12 މާރިޗު 2020
ހޯދާ