މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
Announcement

 

                                                  ނަންބަރު:   (IUL)MMPRC-PRO/1/2020/9   

އިޢުލާން

 

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރޮމޯސަނަލް ބެނުމަށް ކުދި ވީޑިއޯ 1 (އެއް) އަހަރު ދުވަހުގެ މުއްދަތައް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރޗް 17 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2020 މާރޗް 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީ  ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

      ބިޑު ރަޖިސްޓްރީ ކުރެއްވުމަށް  ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް އެޑްރެސް އަށް ފޮނުވުން އެދެމެވެ.

  • ބިޑު ހުށައަޅާ ފަރާތުގެ ނަން:
  • ކުނަފުނީގެ ނަން:
  • ގުޅޭނެ ފޯން ނަންބަރު:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: Bid Registration to Hire a Video Production Company for a period of 1 year

 

   ބިޑް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއިއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ވެބްސައިޓް (https://corporate.visitmaldives.com/downloads/) ގައިވެސް ޝާއިއުކުރެވިފައި ވާނެއެވެ.

 

 

 

 

                                        17 ރަޖަބް 1441ހ.

                                           12 މާރޗް 2020މ

 

 

 

12 މާރިޗު 2020
ހޯދާ