މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފަރުގައި މިހާރު ކުއްޔައް ދޫކޮށްފައިވާ 17 ބިމުގެ މުއްދަތު ހަމަވުމާއި ގުޅިގެން އެބިންތައް ބިޑް އުޞޫލުން 25 އަހަރުގެ މުއްދަތަށް ކުއްޔައް ދިނުމަށް 18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންނަށް 13 ފެބުރުވަރީ 2020 ގައި ކުރެވުނު މިއިދާރާގެ ނަމްބަރ: (IUL)303-AS/2020/13 އިޢުލާން ބާތިލްކޮށް އަލުން 10 އަހަރު ދުވަހުގެ މުއްދަތަށް 19 ބިން ބިޑްއުޞޫލުން ހުޅުވާލުން

`

 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                     ނަންބަރު: IUL)303-AS/2020/18)             

އިޢުލާން

 

އުނގޫފަރުގައި މިހާރު ކުއްޔައް ދޫކޮށްފައިވާ 17 ބިމުގެ މުއްދަތު ހަމަވުމާއި ގުޅިގެން އެބިންތައް ބިޑް އުޞޫލުން 25 އަހަރުގެ މުއްދަތަށް ކުއްޔައް ދިނުމަށް 18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންނަށް 13 ފެބުރުވަރީ 2020 ގައި ކުރެވުނު މިއިދާރާގެ ނަމްބަރ: (IUL)303-AS/2020/13 އިޢުލާން ބާތިލްކޮށް އަލުން 10 އަހަރު ދުވަހުގެ މުއްދަތަށް 19 ބިން ބިޑްއުޞޫލުން ހުޅުވާލުން

          ސުރުހީގައި ދެންނެވިފައިވާ ބިންތައް ބިޑް ޢުޞޫލުން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން 15 މާރިޗް 2020 ން ފެށިގެން 19 މާރިޗް 2020ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް މިއިދާރާއިން ބިޑް ވިއްކަމުންދާނެއެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/1500 ރުފިޔާއެވެ. އަދި ބިޑް ބައްލައިގެންނެވި ފަރާތްތަކާއި އެކު މިއިދާރާއިން ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބިޑް ބައްލަވައިގެންނެވި ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ޕްރީބިޑް މީޓިންގ އަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްކޮޕީ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލް ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެ ސްޓޭންޕް ޖަހާފައިވާ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. ބިޑް ހުށަހެޅުމާއި ބިޑްކެނޑުން އޮންނާނީ 31 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ 13:00ގައި އުނގޫފާރު ކައުންސިލް އިދާރާގައެވެ.

          އަދި ދަންނަވަމެވެ. މިއިދާރާގެ ނަމްބަރ: IUL)303-AS/2020/13 ) އިޢުލާނާއި ގުޅިގެން ބިޑް ބައްލަވައިގެން ފަރާތްތަކުން މިއިދާރާއިން ގަތް ބިޑް ޑޮކިއުމަންޓާއި ފައިސާގެ ރަސީދު ހިއްޕަވައިގެން ކައުންސިލަށް ދުރުވުމުން ބިޑް ގަތުމަށް ދެއްކެވި ފައިސާ ލިބިވަޑައިގަންނަވާނެއެވެ. ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 15 މާރިޗް 2020 ން 19 މާރިޗް 2020ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށެވެ.

          ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

          17  ރަޖަބް 1441     

          12 މާރިޗް 2020     

12 މާރިޗު 2020
ހޯދާ