ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ެއެކައުންޓްސް އޮފިސަރެއް ހޯދުމަށް

 

 

 

 

ނަންބަރު: GMIZL-HR/IUL/2020/08

ވަޒީފާގެ ފުރުޞަތު

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަގާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

  1. މަގާމު: އެކައުންޓްސް އޮފިސަރ (ކޮންޓްރެކްޓް) (1 އަހަރު)

ބޭނުންވާ އަދަދު: 01

މަސްއޫލިއްޔަތު:

 

  • ފައިސާ ބަލައިގަތުމާއި ފައިލްކުރުން
  • ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިސްކުރުމުގައި އެހީތެރިވުން
  • ރިސީވަބަލް ކަލެކްޝަންގެ މަސައްކަތުގައި އެހީތެރިވުން
  • އެކައުންޓްތައް ރިކޮންސައިލްކުރުމުގައި އެހީތެރިވުން

 

ޝަރުތު:

  • ކެޓް ނުވަތަ އޭ.ސީ.ސީ.އޭ ޑިޕްލޮމާ އިން އެކައުންޓިން & ބިޒިނަސް((RQF Level 4 ފުރިހަމަ ކޮށްފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތްކުރަން އެނގުން.

 

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

    މި މަޤާމްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 މާޗް 2020 ގެ 15:00 ގެ ކުރިން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

  • ވަޒީފާއަށް އެދޭ ފޯރމް (ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ވެބްސައިޓްއިން އަދި ހެޑް އޮފީހުން ލިބެން ހުންނާނެއެވެ)
  • ސީ.ވީ.
  • ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ސައިޒް ފޮޓޯއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  • ޕޮލިސް ރިޕޯރޓް

 

 

 

 

ހިއުމަން ރިސޯސަސް ސެކްޝަން

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް

4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3307513 ، ފެކްސް: 3307514

12 މާރިޗު 2020
ހޯދާ