އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. އުކުޅަހު މޮނިއުމެންޓް ޑިސައިން ފަރުމާކުރުމުގެ މުބާރާތް

ތަޢާރަފު:

މިރަށް މަޝްހޫރުވެފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ރަށުގެ އާބާދީގެ ބޮޑުބައެއް އާމްދަނީ ހޯދަނީ ވެސް ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. މީގެ އިތުރުން މިރަށް މަޝްހޫރުވެފައިވަނީ މަސްވެރިކަމުގެ ދާއިރާއިންނާއި ވޭސްޓްމެނޭޖްމެންޓްގެ ދާއިރާއިންނެވެ. ގިނަބަޔަކު މިރަށް ބަލައިގަނެފައިވަނީ ތިމާވެއްޓާއި ރަށްޓެހި އިޖުތިމާއި ގުޅުން ވަރުގަދަ ރައްޔިތުން އުޅޭ ރަށެއްގެ ގޮތުގައެވެ.

 

މޮނިއުމެންޓްގެ މަޤްސަދު:

2009 ވަނަ އަހަރު މީހުންދިރިއުޅެ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ސަރުކާރުން ދިނުމާއެކު  މިރަށުގެ އިޤްތިސާދަށް އިންގިލާބީ ބަދަލެއް އައްނަންފެށިއެވެ. މިގޮތުން މިއަދު މިރަށުގެ އިޤްތިޞާދުގައި ފަތުރުވެރިކަމުގެ ދައުރު ކުޑަވެ މުޅި އިގްތިޞާދު އެންމެ ބޮޑަށް ބަރޯސާ ވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. އެހެންކަމުން، މިރަށު ބަނދަރު މަތީގައި ހުންނަ، ރަށަށް ލަފާފުރާ އެންމެނަށް ރަށުގެ މޫނުމަތީގެ ގޮތުގައި ފެންނަ އެއްޗެއް ކަމުގައިވާ ރަށުގެ މޮނިއުމެންޓް ފުރިހަމަ ވުމަކީ މިރަށުގެ 'ބްރޭންޑް ރެކޮގްނިޝަން' އިތުރު ވާނެ ކަމެކެވެ.

 

ބައިވެރިވުމުގެ ފުރުޞަތު:

  • އއ. އުކުޅަހު މޮނިއުމެންޓް ފަރުމާކުރުމުގެ ފުރުޞަތު އާންމު ހުރިހާ ފަރާތްތަކަށްވަނީ ހުޅުވާލެވިފައެވެ.
  • ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ މޮނިއުމެންޓް ފަރުމާ ކުރުމުގެ މުބާރާތުގެ މިންގަނޑުތަކާއި އެއްގޮތަށް ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

 

 

މޮނިއުމެންޓްގެ ޑިސައިން ހުށައަޅާއިރު ބަލަންޖެހޭ ކަންތައްތައް:

  • މި މުބާރާތަށް ހުށަހަޅާ ޑިސައިންއަކީ މީގެ ކުރިން ބޭނުންކުރެވިފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ޑިސައިންއެއް ކަމުގައި ނުވުން.
  • އއ. އުކުޅަހުގެ އިޤްތިޞާދާއި އަދި މިނޫންވެސް ރަށް މަޝްހޫރުވެފައިވާ ކަންކަން ރަމްޒުކޮށްދޭ ޑިޒައިނެއް  ކަމުގައިވުން.
  • މި މުބާރާތަށް ހުށަހަޅާ ޑިޒައިނަކީ އުފެއްދުންތެރި، އަމިއްލަވަންތަ ޑިޒައިނެއް ކަމުގައިވުން.
  • އެހެން މޮނިއުމެންޓެއް އަސްލަކަށް  ބަލައިގެން ފަރުމާކުރާނަމަ އެމޮނިއުމެންޓްގެ ކޮޕީ އާއި ތަފްސީލު ހުށަހެޅުން.
  • އުކުޅަސްވަންތަކަން  ރަމްޒުކޮށްދިނުން

ޑިޒައިން ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓް:

  • މޮނިއުމެންޓް ޑިޒައިންގެ ރޯ (RAW) ފައިލް ހުށަހަޅަންވާނެއެވެ. (ޑިޒައިން ފަރުމާކޮށްފައިވާ އެޕްލިކޭޝަންގެ ޑިފޯލްޓް ފޯމެޓް)
  • ޑިޒައިން ގްރޭސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލްއެއް ހުށަހަޅަންވާނެއެވެ. އަދި ޑިޒައިންގެ ޕީ.ޑީ.އެފް (PDF) ފައިލު ފޯމެޓް (10MB)އަށް ވުރެ ކުޑަވާން ޖެހޭނެއެވެ.

 

އެހެނިހެން ސްޕެސިފިކޭޝަންތަކާއި ހުށަހަޅަންޖެހޭ ކަންކަން:

  • މޮނިއުމެންޓް ޤާއިމް ކުރުމަށް ކަނޑައެޅިފައިވަނީ މިހާރުވެސް ރަށުގެ މޮނިއުމެންޓް ޤާއިމް ކުރެވިފައިހުންނަ ދިމާލުން ހުޅަނގުފަޅީގައި ހުންނަ އޭރިއާގައެވެ. މިއޭރިއާ އަދި އޭރިއާއިން މޮނިއުމެންޓް ހެދުމަށް ކަނޑައަޅާފައި ހުރި ޖާގައިގެ ކުރެހުމެއް މި އިޢުލާނާއި އެކު ހިމެނިފައިވާނެއެވެ.
  • ކޮންސެޕްޓް ޑިޒައިންގެ ހައި ރިޒޮލިއުޝަން ހާޑްކޮޕީ ޕްރިންޓް ފައިލްއެއް ހުށަހަޅަންވާނެއެވެ.
  • ކޮންސެޕްޓް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ ފޮންޓް އަދި ސްކޭލްގެ ތަފްޞީލު ހިމަނާފައިހުންނަންވާނެއެވެ.
  • ކަސްޓަމް ޕޮންޓެއް މޮނިއުމެންޓްގެ ޑިޒައިންގައި ބޭނުންކޮށްފައިވާނަމަ، އެ ފޮންޓެއް ޑިޒައިންގެ ސޮފްޓްކޮފީތަކާއެކު ހުށަހަޅަންވާނެއެވެ.
  • މޮނިއުމެންޓެގެ ޑިޒައިންގައި “AA. UKULHAS” އިނގިރޭސި ބަހުން ލިޔެވިފައި އޮންނަންވާނެއެވެ.
  • މޮނިއުމެންޓް ޑިޒައިން ފަރުމާގައި ބޭނުންކުރާ ކުލަތަކުގެ ކޯޑު އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާންކުރަންވާނެއެވެ.
  • މޮނިއުމެންޓް ޑިޒައިންގައި ހިމަނާފައިވާ ކުލަތަކުގެ RGB ކަލަރ ކޯޑްތައް އެނގެންހުންނަންވާނެއެވެ.
  • ފަރުމާ ކުރެވިފައިވާ މޮނިއުމެންޓްގެ ޑިޒައިން އއ. އުކުޅަހާއި ގުޅުންހުރި ގޮތް ކުރު އިބާރާތްކޮޅަކުން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • މި މުބާރާތުގައި ބައިވެރިވާ ފަރާތަކައް މޮނިއުމެންޓްގެ އެއް ޑިޒައިނަށް ވުރެ ގިނަ ޑިޒައިން ހުށައެޅިދާނެއެވެ.

 

ހުށަހަޅާ ޑިޒައިނަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

  • މޮނިއުމެންޓް ޑިޒައިން ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ޑިޒައިންގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، އއ. އުކުޅަހު ކައުންސިލުން މިކަމަށް އެކުލަވާލާ ކޮމިޓީއަކުންނެވެ.
  • ހުށަހަޅާ ޑިޒައިންއަށް މާކްސް ދިނުމުގައި ޑިޒައިންގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން)، މިރަށުގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެއެވެ.

 

އެއްވަނައަށް ހޮވޭ ޑިޒައިން:

  • އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެއެވެ.
  • އެއްވަނައަށް ހޮވޭ ޑިޒައިން ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކީ 10,000/-  ދިހަ ހާސް ރުފިޔާއެވެ.
  • އެއްވަނައަށް ހޮވޭ ޑިޒައިންގެ ފުރިހަމަ ކޮޕީރައިޓް، އއ. އުކުޅަހު ކައުންސިލްގެ އިދާރާ އާ ހަވާލުކުރަންވާނެއެވެ.

 

 

ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް :

  • މަތީގައި ބަޔާން ކުރެވިފައިވާ ފޯރމެޓްތަކަށް ޑިޒައިންގެ ސޮފްޓް ކޮޕީތައް ހިމެނޭ ސީ.ޑީ އާއި ބަޔާންކުރެވިފައިވާ ފޯރމެޓްގެ ހާރޑްކޮޕީ   11 އޭޕްރީލް 2020 ގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށައަޅުއްވަންވާނެއެވެ.
  • މިމުބާރާތަށް ޑިޒައިން ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރާއި ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ޑިޒައިންއާއި އެކު މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

 

   ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 މާރިޗު 2020
ހޯދާ