ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ހދ ކުޅުދުއްފުށީ  ކައުންސިލް އިދާރާއިން ކުރަންޖެހޭ ޕިކަޕްދަތުރުތައް އައުޓްސޯސްކޮށް 01(އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ ބީލަން ހުށަހެޅުއްވުން އެދެމެވެ.

1 މި ބީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން 11 މާރޗް 2020 އިން 17 މާރޗް 2020 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ބީލަމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

2 – މި ބީލަމާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 18 މާރޗް 2020 ވާ (ބުދަ) ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

3 – ބީލަން ހުޅުވުން އޮންނާނީ 24 މާރޗް 2020 ވާ (އަންގާރަ) ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި  ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4 – އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރ 6528831 އަދި 6527174 އިން ލިބިވަޑައިގަންނަވާނެއެވެ.

10 މާރިޗު 2020
ހޯދާ