ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ކުނިގޮނޑަށް އުކާލާ ކާބޯތަކެތީގެ ބާވަތްތައް ހޮވައި ވިއްކާ މައްސަލައާއި ގުޅޭ

ކުޅުދުއްފުށީ ކުނިގޮނޑަށް އާންމުންނާއި ވިޔަފާރިތަކުން އުކާލާ ކާބޯތަކެތީގެ ބާވަތްތައް ހޮވައި އެކި ކަހަލަ ކާތަކެތި ތައްޔާރުކުރާ މައްސަލައާއި ވިއްކާ ކަމުގެ ރިޕޯޓް މިކައުންސިލަށް އަންނަނީ ލިބެމުންނެވެ. ކުނިގޮނޑަށް އުކާލެވޭ ކާބޯތަކެތީގެ ބާވަތްތައް ބޭނުންކުރުމަކީ ޞިއްޙީ ގޮތުން ރައްކާތެރިނޫން ކަމަކަށް ވާތީ އެކަން ނުކުރުމަށް އެންމެފަރާތްތަކަށް ނަސޭހަތްތެރިވަމެވެ. މިގޮތަށް ލިބޭ ރިޕޯޓްތައް ބަލައި މިފަދަކަންތައް ކުރާކަން ސާބިތުވެއްޖެނަމަ އެފަރާތްތަކާއިމެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންގެންދާނެކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 މާރިޗު 2020
ހޯދާ