ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމު:
1. މަގާމުގެ ނަން |
ސީނިއަރ ރިސަރޗް އޮފިސަރ |
ރޭންކް: |
އެމް.އެސް 2 |
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: |
ޕޮލިސީ އޮފީސް/ ރިސަރޗް އެންޑް އެލައިންމަންޓް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
އަސާސީ މުސާރަ: |
6,295.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
2000.00 ރުފިޔާ |
ޚާއްޞަ އެލަވަންސް: |
2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45) |
ލިވިންގ އެލަވަންސް: |
2,500.00 ރުފިޔާ |
މަގާމުގެ ޝަރުޠު:
|
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- އިޖުތިމާޢީ ދާއިރާއާ ގުޅުންހުރި ޒުވާނުންނާއި ކުޅިވަރު އަދި ކޮމިއުނިޓީ އެމްޕަވަމަންޓާ ގުޅޭ މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތައް ނިންމުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދައި، އެ މައްސަލަތައް ޖުމްލަގޮތެއްގައި ބެލެހެއްޓުމާއި، އެކަންކަމާ ގުޅޭ ޑޭޓާބޭސްތައް ބަލަހައްޓައި، މިކަންކަމާބެހޭގޮތުން އަންނަ ރިޕޯޓްތައް ރިވިއުކޮށް މަޝްވަރާދިނުން. - ޒުވާނުންނާއި ކުޅިވަރު އަދި ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ދާއިރާތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ސޯޝަލް ކައުންސިލަށް ގެންދަން ކަރުދާސް ތައްޔާރުކުރަންޖެހޭ މައްސަލަތަކުގެ ކަރުދާސް ތައްޔާރުކޮށް ކެބިނެޓް އޮފީހުން މި ދާއިރާތަކާގުޅޭގޮތުން އަންނަ ކަރުދާސްތަކަށް ކޮމެންޓްކުރުން. - ޒުވާނުންނާއި ކުޅިވަރު އަދި ކޮމިއުނިޓީ އެމްޕަވަރމަންޓް ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން ބާއްވާ ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން. - ޒުވާނުންނާއި ކުޅިވަރު އަދި ކޮމިއުނިޓީ އެމްޕަވަރމަންޓް ދާއިރާތަކާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރަމަށްޓަކައި މިއޮފީހަށް ހުށަހަޅާ ޕްލޭންތައް ދިރާސާކުރުން. - ޒުވާނުންނާއި ކުޅިވަރު އަދި ކޮމިއުނިޓީ އެމްޕަވަރމަންޓް ދާއިރާތަކާ ގުޅޭ ސިޔާސަތުތަކަށް ގެންނަ ބަދަލާއި އެ ދާއިރާތަކާ ގުޅޭ ސިޔާސަތުތަކަށް އިތުރުކުރާ ކަންތައްތައް ދިރާސާކޮށް އެސަސްމަންޓް ހަދުން. - ޕޮލިސީ އޮފީހުގެ ސްޓްރެޓެޖިކް ޕްލޭނާއި، ސްޓްރެޓެޖިކް ޕްލޭނާ ގުޅުންހުރި އެކިއެކި ލިޔުންތައް، ޕޮލިސީ އޮފީސް ހިންގަވަން ހުންނަވާ ވެރިއެއްގެ ލަފަޔާއި، އިރުޝާދުގެ މަތިން އެކުލަވާލުމުގައި އެހީތެރިވެދިނުން. |
ހުށަހަޅަންޖެހޭ ތަކެތި: |
|
އިތުރު މަޢުލޫމާތު : |
މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 16 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. |