މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ޓީވީގެ ނެޓްވާރކް އެޅުމަށް ކޭބަލް ވަޅުލާނެ ފަރާތެއް ހޯދުން

ވޭވަށުގައި ކޭބަލްޓީވީގެ، ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

ވޭވަށުގައި ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށް، ކޭބަލް ވަޅުލުމަށްބޭނުންވާ ފަރާތެއް ހޯދުމަށް މިއިދާރާއިން ބޭނުން ވެއެވެ.

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން ވޭވަށުގައި ކޭބަލް ނެޓްވޯރކްއެޅުމަށް ކޭބަލް ދިނުމުން. ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމަށް ހާޒިރުވެދެއްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

10  މާރިޗް  2020 އިން       16މާރިޗް 2020 އަށް

14:00

އަންދާސީ ހިސާބު ބަލައިގަތުން

17 މާރިޗް 2020

އަންގާރަ

13:30

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ކައުންސިލް އިދާރާއަށް ދުރުވުމުން ނުވަތަ ކައުންސިލް އިދާރާގެ ނަމްބަރ 6720035  ފޯނާއި 7595939 ނުވަތަ 9757801  މޯބައިލް ނަންބަރ އާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުގައި ކޭބަލް ވަޅުލުމަށްއެދި" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. މިއިޢުލާނާއި އެކު ހުށަހެޅޭ އަންދާސީ ހިސާބުތަކަށް ޕޮއިންޓްދެވޭނެގޮތް އެވަނިއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

މިއިދާރާގެ ނަމްބަރ: (IUL)363-PRJ/PRIV/2020/2 (10 މާރިޗް 2020) އިޢުލާނާއި ގުޅިގެން ޕްއިންޓް ދެވޭނެ ގޮތް ތިރީގައި އެވަނީއެވެ.

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %60 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން)
  2. ތަޖުރިބާއަށް (ތަޖުރިބާގެ ގޮތުގައި ލިޔެކިޔުން ހުށަހަޅާފައިވާނަމަ އެކަމަށްބަލާ ޕޮއިންޓްދިނުން)
  3. މުއްދަތަށް %30 (މަސައްކަތް ނިންމާނެކަމަށް ހުށަހެޅޭ އެންމެ ކުރުމުއްދަތަށް އެންމެގިނަޕޮއިންޓް ދިނުން)

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

10 މާރިޗު 2020
ހޯދާ