އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރ. ކިނޮޅަސް ޞިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓު ތައް ހެދުމަށް ބޭނުންވާ ސާމްޕަލް ތައް ރ. އިނގުރައިދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ރ.ކިނޮޅަސް  ޞިއްޙީ  މަރުކަޒުން  ލެބޯޓަރީ  ޓެސްޓު  ތައް ހެދުމަށް ބޭނުންވާ ސާމްޕަލް ތައް ރ. އިނގުރައިދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 6 ( ހައެއް ) މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް މީޓިން ރޫމަށް ނުވަތަ ރ. ކިނޮޅަސް އަދި އިނގުރައިދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

10 މާރޗް 2020 ވާ އަންގާރަ ދުވަހުން ފެށިގެން 12 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީ ދުވަސްތަކުގައި

މައުލޫމާތު ދިނުން

15 މާރޗް 2020 ވާ އާދިއްތަ ދުވަހުގެ ހެދުނު 10:00

އަންދާސީ ހިސާބު ހުށައެޅުއްވުން

19 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ ހެދުން 10:00

 

މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580029 އަށް ގުޅުއްވުން އެދެމެވެ.

09 މާރިޗު 2020
ހޯދާ