މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު.

މަޤާމް :ލޭބަރ، މޭސަން، ކާޕެންޓަރ، ޑްރައިވަރ، ސްޓޯ ކީޕަރ
ބޭނުންވާ އަދަދު :1

 

 މަޤާމް:

 ލޭބަރަރ

 ބޭނުންވާ ޢަދަދު:

 10

 މުސާރަ:

 މަހަކު -/3،840 ރުފިޔާ

 އެހެނިހެން އިނާޔަތްތައް:

 -/5،500ރ - -/6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ޝަރުތުތައް:

 - ގްރޭޑް 8 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

 އަދި

 - މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

 - އުމުރުން 40 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

 

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 - ސިވިލް ވޯކްފޯސްގެ މުވައްޒަފުންގެ މަސައްކަތްތަކަށް އެހީތެރިވެ އަތްގާތް ކޮށްދިނުން

 - ޢިމާރާތްތަކުގެ އިންފްރާންސްޓްރަކްޗަރ މަރާމާތުކުރުމަށް ބޭނުންވާ ސިމެންތި ގެށުމާއި ވެލިފުރޭނުމުގެ މަސައްކަތްކުރުން.

 - މަރާމާތުތަކަށް ބޭނުންކުރެވޭ އިކްއިޕްމެންޓްތައް ސާފުކޮށް ބެލެހެއްޓުން.

 - ހެޑް އޮފީހާއި އެނޫންވެސް ކުންފުނީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ކުރުން.

 

 މަޤާމް:

 މޭސަން

 ބޭނުންވާ ޢަދަދު:

 02

 މުސާރަ:

 މަހަކު -/5،500 ރުފިޔާ

 އެހެނިހެން އިނާޔަތްތައް:

 -/5،500ރ - -/6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ޝަރުތު:

 - މަޤާމާއި ގުޅޭ ދާއިރާ އިން އެޑްވާންސް ލެވެލް ސެޓްފިކެޓް ހާސިލް ކޮއްފައިވުން.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 - ޑިޕާޓްމަންޓުން ކުރާ އެންމެހައި ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތް ކުރުން.

 - ޑިޕާޓްމަންޓުން ކުރާ އެންމެހައި ކޮންކްރީޓް މަސައްކަތްކުރުން.

 - ސިވިލް ޑިޕާޓްމަންޓުން ކުރާ އެންމެހައި ޓައިލްސް ޖެހުމުގެ މަސައްކަތްކުރުން.

 މަޤާމް:

 ކާޕެންޓަރ

 ބޭނުންވާ ޢަދަދު:

 02

 މުސާރަ:

 މަހަކު -/5،500 ރުފިޔާ

 އެހެނިހެން އިނާޔަތްތައް:

 -/5،500ރ - -/6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ޝަރުތު:

 - މަޤާމާއި ގުޅޭ ދާއިރާ އިން އެޑްވާންސް ލެވެލް ސެޓްފިކެޓް ހާސިލް ކޮއްފައިވުން.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 - ޑިޕާޓްމަންޓުން ކުރާ އެންމެހައި ވަޑާމުގެ މަސައްކަތް ކުރުން.

 މަޤާމް:

 ޑްރައިވަރ

 ބޭނުންވާ ޢަދަދު:

 01

 މުސާރަ:

 މަހަކު -/4,580 ރުފިޔާ

 އެހެނިހެން އިނާޔަތްތައް:

 -/5،500ރ - -/6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ޝަރުތު:

 - ގްރޭޑް 10 ފުރިހަމަކޮށްފައިވުން. (ގްރޭޑް 10 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

 - B1 ކެޓަގަރީގެ ލައިސަންސް އެއް އޮތް ފަރާތެއް ކަމުގައިވުން.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 - ސިވިލް ޔުނިިޓްގެ ވެހިކަލް އޮޕަރޭޓްކުރުން.

 - ހިކަލް އޮޕަރޭޓް ކުރުމުގެ ކުރިން ރަނގަޅަށް ވެހިކަލް ޗެކްކުރުން.

 - ވެހިކަލް ދޮވެ ސާފްކޮށް ބެލެހެއްޓުން.

 - ވެހިކަލްގެ އަޑީތެޔޮ އަދި އެހެނިހެން ތެޔޮ ޗެކްކޮށް ލެވެލްއަޕް ކުރަންޖެހޭނަމަ އެކަން ކުރާފަރާތްތަކަށް އެންގުން.

 މަޤާމް:

 ސްޓޯރ ކީޕަރ

 އަދަދު:

 02

 މުސާރަ:

 މަހަކު -/4،090 ރުފިޔާ

 އެހެނިހެން އިނާޔަތްތައް:

 -/4،500ރ - -/5،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ޝަރުތުތައް:

 - ގްރޭޑް 8 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 - ސްޓޯރގެ އެންމެހައި މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއި އެކު ކުރުން.

 މަސައްކަތްކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް 

 މަސައްކަތްކުރަންޖެހޭ ވަގުތު:

 ޝިފްޓް އުޞޫލުން ދުވާލަކު 08 ގަޑިއިރު

 ސުންގަޑި:

 2020 މާރިޗު 17 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

 - މަޤާމަށް އެދިހުށަހަޅާ ފޯމް

 - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ   ލިޔެކިޔުންތައް

 އިންޓަރވިއު މުއްދަތު:

 - މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 މާރިޗު 19 އާއި އޭޕްރީލު 15 އާ ދެމެދުގައެވެ.

 ހުށަހަޅަންޖެހޭ އޮފީސް:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް   ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

 ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި   އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

 ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.

08 މާރިޗު 2020
ހޯދާ