އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ޤަވާއިދާއި ޚިލާފަށް ބިދޭސިން ބައިތިއްބާ އަދި ބިދޭސިންލައްވާ މަސައްކަތްކުރުވުމާއި ގުޅޭ

މި އިޢުލާންވަނީ 08 މާރިޗު 2020 23:23 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން 

ޤާނޫނު ނަންބަރު 2007/1 "ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ" ޤާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރާއްޖޭގައި  ބިދޭސީއަކު މަސައްކަތް ކުރުމަށް ވާކް ވިޒާ އޮންނަން ޖެހޭނެއެވެ. މީގެ އިތުރުން މިޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ވާގޮތުން ރާއްޖޭގައި ހުރުމުގެ ހުއްދަ ދީފައިވާ ބިދޭސީއެއްގެ ހުއްދަ  ބާޠިލްވެފައިވަނިކޮށް ރާއްޖޭގައި ހުރުމަކީ މަނާ ކަމެކެވެ. އަދި މި ޤާނޫނުގެ 30 ވަނަ މާއްދާގެ 1 ގައި ވާގޮތުން ރާއްޖެ އެރެތެވުމުގެ ހުއްދަނެތް ނުވަތަ މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ މަނާކަމެކެވެ.  އަދި ހަމައެހެންމެ މިމާއްދާގެ 2 ގައި ވާގޮތުން ރާއްޖޭގައި ހުރުމުގެ ހުއްދަނެތް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ވެސް މަނާކަމެކެވެ.

މި ޤާނޫނާއި ޚިލާފަށް އައްޑޫސިޓީގައިވެސް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާކަމުގެ މަޢުލޫމާތު މިއިދާރާއަށް ވަނީ ލިބިފައެވެ. އެހެންކަމުން މިގޮތަށް ޤާނޫނާއި ޚިލާފަށް އަމަލުނުކުރުމަށް މިއިދާރާއިން އިލްތިމާސް ކުރަމެވެ. މިގޮތަށް އަމަލު ކުރާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 2007/1 "ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު" އަދި ޤާނުނު ނަންބަރު 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 140 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

13 ރަޖަބް 1441

08 މާރިޗު 2020
ހޯދާ