ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ބިންކުއްޔަށްދިނުމަށް

އިޢުލާން

                                                   ނަމްބަރު: GMIZL/IUL/PROC/2020/007

 

ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިންކުއްޔަށްހިފުމުގެ ފުރުޞަތު ހުޅުވާލާ އާންމުކޮށް އިޢުލާން ކުރަމެވެ. ވީމާ، މިސަރަހައްދުން ބިންކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

-

08 މާރޗް 2020 އިން 12 މާރޗް 2020 އަށް

09:00 އިން  13:00 އަށް

މަޢުލޫމާތު ކަރުދާސް ދޫކުރުން

ހޯމަ

16 މާރޗް 2020

13:30 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ

ފަހުން އިއުލާން ކުރެވޭނެ

އާދިއްތަ

22 މާރޗް 2020

13:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ބުރާސްފަތި

02 އޭޕްރިލް 2020

13:30 ގައި

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ފޮތް ބައްލަވައިގަތުމަށްޓަކައި 200.00 ރުފިޔާ (ދުއިސައްތަ ރުފިޔާ) ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
  • ކޮންމެ ފަރާތަކަށްވެސް ރަޖިސްޓްރީ ކުރެވޭނީ 1 (އެކެއް) ޕްލޮޓަށެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000.00 ރުފިޔާ (ފަސްހާސް ރުފިޔާ) ބީލަން ހުށަހަޅުއްވާ އިރު ހުށަހަޅުންވަން ވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށްވުރެ 30 (ތިރީސް ދުވަސް) އިތުރު ވާންވާނެއެވެ.
  • ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120  (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރެވޭނެއެވެ.

 

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

ނޯޓް:

  •  ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯއްދެވުމަށް އެދި މިކުންފުނީގެ އީ-މެއިލް [email protected] އަށް ރިކުއެސްޓް ކުރެއްވުން އެދެމެވެ.
  •  ރަޖިސްޓްރީ ކުރެއްވުމަށް ވަޑައިގަންނަވާއިރު ކުންފުންޏެއްނަމަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ އަދި އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.

 

10 ރަޖަބް 1441

05 މާރޗް 2020

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި                                                Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ                               Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514                        Tel: 3307513, 3307515 Fax: 3307514

05 މާރިޗު 2020
ހޯދާ