މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ބަނދަރު ބަލަހައްޓާ މީހުން ބޭނުންވެއްޖެ

`

`

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ދުވާފަރު، ދިވެހިރާއްޖެ                                         ނަމްބަރ:  (IUL)304-MS/304/2020/21

 

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

މަޤާމް:                       ބަނދަރު ބަލަހައްޓާ މީހާ

ބޭނުންވާ ޢަދަދު:                 2 (ދޭއް)  

މަޤާމުގެ ގިންތި:                 ދާއިމީ

މަޤާމުއޮތްތަން:                  މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:          ރ. ދުވާފަރު ކައުންސިލްގެ އިދާރާ (ރ. ދުވާފަރު ބަނދަރު)

މުސާރަ:                      މަހަކު 3500.00 ރ (ތިންހާސް ފަސްސަތޭކަ ރުފިޔާ)

އެލަވަންސް:                    މަހަކު 1000.00 ރ (އެއްހާސް ރުފިޔާ)                                 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރ. ދުވާފަރު ބަނދަރުގެ ފަޅުތެރެއަށް އެޅޭ ކުނިތައް ނަގައި ސާފުކުރުން.
  2. ރ. ދުވާފަރުގެ ބަނދަރު ސަރަހައްދު ރީތިކޮށް ސާފުކޮށް ބެލެހެއްޓުން.
  3. ދަތުރުވެރިންގެ ހިޔާ ސާފުކޮށް ބެލެހެއްޓުން.
  4. ރ. ދުވާފަރުގެ ބަނދަރުގައި ހަދާފައިވާ ބުޑުތަކާއި މޮނިޔުމަންޓްތަކުގެ ކައިރި ސާފުކޮށް ބެލެހެއްޓުން.
  5. ރ. ދުވާފަރުގެ ބަނދަރުގައި ހަރުކޮށްފައިވާ ބަނދަރު ބޯޑުތަކާއި އެއްގޮތަށް އޮޑިދޯނިފަހަރު ތަރުތީބުކުރުވުން.
  6. ރ. ދުވާފަރުގެ ބަނދަރުގައި ހަރުކޮށްފައިވާ ކަރަންޓު ބޯޑުތަކުން ކަރަންޓް ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން އަންގާ ގޮތަކަށް ކަރަންޓަށް އެދޭ ފަރާތްތަކަށް ކަރަންޓު ދޫކުރުން.
  7. ރ. ދުވާފަރު ފަޅުތެރެ ބޭނުންކުރުމުގެ އުސޫލާއި އެއްގޮތަށް ޢަމަލުކުރުން އަދި ރ. ދުވާފަރު ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުން.
  8. މީގެ އިތުރުން މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން އަންގާ ކަމެއް ކުރުން

މަޤާމުގެ ޝަރުތުތައް:          1. ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

                      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

                            ހީވާގި ކަމާއި މުރާލި ކަމާއިއެކު ކަމަށް ކަމޭ ހިތައިގެން މަސައްކަތް ކުރުން، ރުޅިމަޑުކަމާއި އެހެންމީހުނަށް ރީތިކޮށް މުޢާމަލާތު ކުރަން އެނގުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމް
  • މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީން
  • މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
  • އިންޓަރވިއު / ޕްރެކްޓިކަލްސް

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެފޯނު ނަމްބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

                     ވަޒީފާއަށްއެދޭ ފޯމް ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މާރިޗު 2020 އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ރ. ދުވާފަރު ކައުންސިލްގެ އިދާރާ އަށެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި ސުންގަޑި:

                    މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ކުރުން އޮންނާނެ ތާރީޚް އާއި ގަޑި ފަހުން އެންގޭނެއެވެ.  

 

ޝޯރޓް ލިސްޓް ކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ފޯނުނަމްބަރ: 6582701 އަދި 7499914 އަށް ގުޅުއްވުން އެދެމެވެ

09 ރަޖަބު 1441

04 މާރިޗު 2020

 

 

04 މާރިޗު 2020
ހޯދާ