ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތަކެއް ހޯދުން

ޅ. ނައިފަރުގެ އިޖްތިމާޢީ ސަރަޙައްދުގެ ގޮތުގައި ބެލެވޭ އެކިއެކި ބޭނުންތަކަށް އާންމުން ބޭނުންކުރާ ތަންތަނާއި އަދި ރަށުގައި ހުރި ބޮޑެތި ހުސްބިންތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ 11 (އެގާރަ) ފަރާތެއް ހޯދަން ބޭނުންވެއެވެ.

ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ނުކުންނަންޖެހެނީ ހަފްތާއަކު 3 ދުވަހުއެވެ. މަސައްކަތުގެ ވަގުތަކީ ސާފުކުރުމަށް ނުކުންނަންޖެހޭ ދުވަހަކަށް 2 ގަޑިއިރުއެވެ. މިމަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުން މަސައްކަތްކުރުމަށް ނުކުންނަ ދުވަހަކަށް -/100 (ސަތޭކަ) ރުފިޔާގެ އެލަވަންސް ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ ފޯރމް ނަންގަވާ ފުރުއްވުމަށްފަހު 16 މާރޗް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުންއެދެމެވެ.

މަސައްކަތަށް މީހުން ހޮވުމުގައި އިސްކަންދެވޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ބަލަހައްޓާ ފަރާތްތަކަށެވެ.

  • މާރކްސް ދިނުމުގެ ކްރައިޓީރިއާ:
  1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ނިސްބަތް - %70
  2. އިންޓަވިއު - %20
  3. ޖިސްމާނީ ގޮތުން މަސައްކަތް ކުރުމުގެ ޤާބިލްކަން -
03 މާރިޗު 2020
ހޯދާ