ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)، ގއ.ދެއްވަދޫ މެޖިސްޓްރޭޓު ކޯޓު

ނޯޓު: މިމަޤާމަށް މީހަކު ހޮވުމަށް ކުރެވުނު ނަންބަރު 04/2020/(IUL)P2C (19.02.2020) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާން ވަނީ ބާތިލް ކުރެވިފައިއެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު:  05/2020/(IUL)P2C

ތާރީޚް:  03 މާރޗު 2020  

މަޤާމް:  އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)  

ރޭންކް:  GS 3

ބޭނުންވާ އަދަދު:   01

ކްލެސިފިކޭޝަން:  އޮފިސަރ ގރ 1

މަސައްކަތް ކުރަންޖެހޭ ތަން:  ގއ.ދެއްވަދޫ މެޖިސްޓްރޭޓު ކޯޓު

ސެކްޝަން: -

މުސާރައާއި އިނާޔަތްތައް:

 

-          އަސާސީ މުސާރަ:  -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

-          ސާރވިސް އެލަވަންސް:  -/1500 (ފަނަރަސަތޭކަ ރުފިޔާ)

-          ލިވިންގ އެލަވަންސް:  -/2550 (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)

-          ޖުޑީޝަލް އެލަވަންސް:  އަސާސީ މުސާރައިގެ %20

-          މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ

 

އަސާސީ ޝަރުތު:

 

  1. ސާނަވީ  ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

-          ކޯޓަށް އަންނަ ލިޔުންތައް އެންޓްރީ ކުރުމާއި، ކޯޓަށް ލިބޭ ސިޓީ/މެސެޖު ތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުމާއި، ހަފްތާ ރިޕޯޓާއި ތަފާސް ހިސާބު ރިޕޯޓު ތައްޔާރުކުރުމާއި، ފައިސާއާއި ގުޅޭ އެންމެހާ މަސައްކަތް ކުރުން

 

-          މިނޫނަސް ކޯޓުގެ ވެރިއަކު އަންގާ ރަސްމީ އެންމެހާ މަސައްކަތް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ކޯހުގެ ލެވެލް ބަޔާންކުރައްވައި ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް
  6. އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ

 

ސުންގަޑި:

10 މާރޗު 2020 ވާ އަންގާރަ ދުވަހުގެ 13:30 ކުރިން ގއ.ދެއްވަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

-          މަޢުލޫމާތު ސާފްކުރުމަށް ގުޅޭނެ ނަންބަރަކީ 6820748

-          އެޕްލިކޭޝަން ފޯމްތައް ފެކްސް އިން ނުވަތަ މެއިލް އިން ވެސް ބަލައި ގަންނާނެއެވެ.

-          ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

-          ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިހާނެއްވެސް ދެވޭނެއެވެ.

-          ތައްގަނޑުޖަހާފައިވާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަށް ވާނެއެވެ.

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

 

-          ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.

-          ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

-          ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން.

-          އިގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.

-          ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.

-          މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

-          ޙިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.

-          ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 

     

 

03 މާރިޗު 2020
ހޯދާ