މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ މާކެޓިންގ ބޭނުމަށް ވީޑިއޯ އެޑްވަޓައިސްމަންޓެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނަ ބޭނުންވެއްޖެ.

އިޢުލާން

މިކޯޕަރޭޝަންގެ މާކެޓިންގ ބޭނުމަށް ވީޑިއޯ އެޑްވަޓައިސްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

މިކޯޕަރޭޝަންގެ މާކެޓިންގ ބޭނުމަށް 30 ސިކުންތުގެ ވީޑިއޯ އެޑްވަޓައިސްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވި މާކެޓިންގ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަމާބެހޭ މަޢުލޫމާތު ދިނުން

15 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު އެގާރަގަޑި ސުންމިނެޓް (11:00) ގައި، ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން، މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 19 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު އެއްގަޑި ސުންމިނެޓު (13:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

މ. ފުރަންކަރަ، 3 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:

+960 3011000

މުޢާމަލާތު ކުރަންޖެހޭ ފަރާތް:

އާއިޝަތު ޤާހިރު

އީ-މެއިލް:

[email protected]

މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މައުލޫމާތު ހޯއްދެވިދާނެއެވެ.

01 މާރިޗު 2020

01 މާރިޗު 2020
ހޯދާ