ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 11/IUL)95-A/1/2020)
|
ތާރީޚް: 26 ފެބުރުވަރީ 2020
|
މަޤާމް:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ރޭންކް: MS 1
|
ކޯޓް / ސެކްޝަން
|
ދިވެހިރާއްޖޭގެ ހައިކޯޓު
|
މުސާރައާއި ޢިނާޔަތްތައް
|
އަސާސީ މުސާރަ
|
5610/- ރުފިޔާ
|
ސަރވިސް އެލަވަންސް
|
2000/- ރުފިޔާ
|
ލިވިންގ އެލަވަންސް
|
2,850/- ރުފިޔާ
|
ޖުޑީޝަލް އެލަވަންސް (މުސާރައިގެ %45)
|
އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު
މަސްއޫލިއްޔަތު:
|
- އިދާރީ މަސައްކަތާއި ގުޅިގެން ހަދަންޖެހޭ އުސޫލްތަކާއި ޕޮލިސީތައް ހެދުމުގައި އެހީތެރިވުން.
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ޤަވާއިދުން ބަލައި، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތުގެ ފެންވަރު ބެލުނު މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް ފޯމުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
- މުވައްޒަފުނަން ބޭނުންވާ ތަމްރީންތަކުގެ ޕްލޭން ސެކްޝަންތަކުގެ މަޝްވަރާއާއިއެކު ހެދުމާއި ޕްލޭނާއި އެއްގޮތަށް ތަމްރީންތައް ގެންދިއުމުގައި އެހީތެރިވުމާއި އަދި ތަމްރީންތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
- ރާއްޖޭން ބޭރުގެ އެހީދޭ ޖަމާއަތްތަކާއި، އިންސްޓިއުޝަންތަކާއި ގުޅިގެން ކޯޓުގެ ކުރިއެރުމަށް ހިންގާ އެކި ޕްރޮގްރާމްތަކުގެ މުޢާމަލާތްތައް ކުރުމާއި އެކަމުގެ ރިކޯޑް ބެލެހެއްޓުން
- މުވައްޒަފުންގެ ކަންކަމާ ގުޅިގެން ޤަވާއިދަށް އަންނަ ބަދަލުތަކާއި ސަރކިއުލަތަކާއި އާންމު ސީޓީތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންނަށް އެންގުމާއި އަދި އެކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުން
- ހިއުމަންރިސޯސް ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމާއި ކޮމިޓީގެ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް ތަންފީޒްކުރުމާއި ރެކޯޑް ބެލެހެޓުން
- ސީނިއަރ ކޯޓް އެޑްމިނިސްޓްރޭޓަރގެ ސެކްރެޓިއޭޓް ބެލެހެއްޓުން
- އޮފީސް ހުޅުވާ ލެއްޕުމާއި، ޑިސްޕެޗާއި، ސްޓޮކް ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި ސުޕަވައިޒްކުރުން
- ހައިކޯޓުން އެކިކޯސްތަކުގައި ބައިވެރިކުރާ ފަރާތްތައް ގާނޫނާ އެއްގޮތަށް ބޮންޑު ކުރުވުމާއި، އެފަރާތްތަކުން ފުރިހަމަކުރަމުންދާ ކޯސްތައް އެގޮތުގެމަތިން ފުރިހަމަ ކުރަމުން ގެންދޭތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް ޤަވާއިދުން އެޅުން.
- ކޯޓުގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ސެކްޝަނަތަކުން ހޯދައި އަހަރީ ރިޕޯޓް އެކުލަވާލުމުގެ އިދާރީ އެންމެހާ ކަންކަން ބެލެހެއްޓުން
- އެކިކަންކަމުގައި މުވައްޒަފުން ހުށަހަޅާ ކަންކަމަށް ޖަވާބުދިނުމާއި މުވައްޒަފުންނަށް ބޭނުންވާ ލިއުންތައް ހަމަޖެހިފައިވާ އުސޫލުން ދޫކުރުމުގެ ކަންކަން ބެލެހެއްޓުން
12.އިޖްތިމާއީ ގޮތުން ކަނޑައެޅިފައިވާ ނިޒާމްގެތެރެއިން މުވައްޒަފުންގެ ކުރިއެރުމަށް މުވައްޒަފުން ރާވައިގެން ހިންގާ ހަރާކާތްތަކުގައި އިންތިޒާމް ހަމަޖެއްސުމުގައި އިދާރީ ގޮތުން އެހީތެރިވެދިނުން.
|
ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި
|
- ވަޒީފާއަށް އެދި ހުށަހަޅާފޯމް.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާ އެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.) އެހެން ސެޓްފިކެޓްތަކުގެ އެޓސްޓުކޮށްފައިވާ އަސްލު ކޮޕީ ހުށަހެޅުން.
- ކުރުމުއްދަތުގެ ޓްރެއިނިން ޕްރޮގްރާމް ތަކާއި، ކޯސްތައް ފުރިހަމަކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
- ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް). މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ.
- ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޟިރީ ރިޕޯޓް އަދި މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ މިލިޔުންހުށަހަޅާކަށް ނުޖެހޭނެއެވެ).
|
ތަޢުލީމީ ރޮނގު
|
އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސް މެނޭޖްމަންޓް
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
ބިޒިނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އެކައުންޓިން އެންޑް ފައިނޭންސް
|
އިތުރު އިރުޝާދު
|
- ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއެކު ހުށަހެޅުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
- މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.
|
ޕޮއިންޓް ދެވޭ ގޮތް
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން %30
- ލިބިފައިވާ ތަޖުރިބާ
- ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން %5
- މަޤާމަށް ބޭނުންވާ ޤާބިލްކަން ހުރި މިންވަރު ދެނެގަތުމަށް ދެވޭ ޕްރެކްޓިކަލް ޓެސްޓް %20
- ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު ( ޓެސްޓާއެކު ) %30
|
ސުންގަޑި
|
02 މާރޗް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު
|
ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.
|