މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެ އެތެރެކުރާ ޑޮކްޓަރީ ބޭހާއި ގުޅިގެން ތަހުލީލު ކުރި ބޭސްތަކުގެ ނަތީޖާއާއި ގުޅޭ (ފެއިލްވެފައިވާ)

އިޢުލާން

           

                 ރާއްޖެ އިމްޕޯޓްކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ޓެސްޓް ކުރުމުގެ މަސައްކަތް މިއޮތޯރިޓީއިން ދަނީ ކުރަމުންނެވެ. އެގޮތުން އެސެންޝިއަލް މެޑިސިން ލިސްޓްގައި ހިމެނޭ ބޭސްތަކުގެ ތެރެއިން އާއްމުކޮށް ބޭނުން ކުރާ ބޭސް ރެންޑަމް ކޮށް ނަގައި، ޑަބްލިއު.އެޗް.އޯ ކޮމްޕްލައިންސް ލެބޯޓްރީ ތަކުން ތަހުލީލު ކުރެވި ބައެއް ބޭސްތަކުގެ ނަތީޖާ ވަނީ ލިބިފައެވެ.

 

 

                 މިހާރު ނަތީޖާ ލިބިފައިވާ ބޭސްތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ބޭސްތަކުގެ ބެޗްތައް ތަހުލީލުތަކުން ފެއިލްވެފައިވާތީ، ދެންނެވިފައިވާ ބެޗް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުމަކީ މަނާ ކަމެއްކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި މާރކެޓްގައި ހުރި މިބެޗްތައް މިއޮތޯރިޓީގެ ފަރާތުން ނަގަމުން ގެންދާކަންވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

            

                   އަދި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން މިކަން ބަލައި އިންވެސްޓިގޭޓްކުރުމަށް، ދެންނެވިފައިވާ ބްރޭންޑް ތަކުގެ އިތުރު ބެޗްތައް ތަހްލީލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަންވެސް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

Batch Number

Manufacturer/country of Origin

Brand/Dosage form/Strength

Generic Name

#

D70181

Medley Pharmaceuticals, India

Tablet Ecoflox 250mg

Ciprofloxacin Hydrochloride

1

AKTP0034

Micro Labs Ltd, India

Tablet  Angizaar 25mg

Losartan Potassium 25mg

2

 

        

26 ފެބުރުވަރީ 2020
ހޯދާ