ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑްރައިވަރ ( ވަށަފަރު ޞިއްޙީމަރުކަޒު )

އިޢުލާން 

ހއ ވަށަފަރު ޞިއްހީމަރުކަޒަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި މަސައްކަތަށް ޤާބިލު މީހެކެވެ.

މަޤާމް:

ޑްރައިވަރ

މަޤާމުގެ ނަމްބަރު:

J-253170

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމު ރޭންކް:

އެސް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހއ. ވަށަފަރު ޞިއްޙީ މަރުކަޒު

މުސާރަ:

3470/- ރުފިޔާ

ސަރވިސް އެލަވަންސް:

1000/- ރުފިޔާ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް މަހަކު -/1200 ރުފިޔާ ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ،ރިސްކު އެލަވަންސް އަދި ބަނދު ދުވަހުގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އެންބިޔުލާންސްގައި ކުރަންޖެހޭ ދަތުރުތައް ފަސްނުޖެހިކުރުން، މިގޮތުން ބަލިމީހުން އުފުލަންޖެހޭ ވަގުތުތަކުގައި ޚާއްޞަ އިސްކަމެއް ދިނުން،އަދި ބަލިމީހާއަށް ވީހާވެސް ބޮޑަށް އެހީތެރިކަންދީ އޯގާތެރިކޮށް ހިތުން، އަދި ބަލިމީހުންގޮވައިގެން ކުރާ ދަތުރުތަކަށް ވުމާއެކު ވީހާވެސް އެކަމަށް އެކަށޭނެ ސާފްތާހިރު ހެދުމެއްގައި ހުރުން
  2. ވެހިކަލްގެ ދަތުރުތައް ކުރުމުގައި އޮފީހުގެ އިދާރީބައިން އަންގާގޮތަށް ދަތުރުތައް ކުރުން، އަދި ކުރެވޭ ދަތުރުތަކުގެ ލޮގް ދަތުރުކޮށް ނިމުމުން ފުރިހަމަކުރުން
  3. ވެހިކަލްއަށް ދިމާވާ މައްސަލަތައް އޮފީހަށް އަންގައި އެކަން ރަގަޅުކުރުމުގައި އޮފީހުން އަންގާގޮތެއްގެ މަތީ އަމަލުކުރުން
  4. ވެހިކަލްއަށް ބޭނުންވާ ފެން،ތެޔޮފަދަ ތަކެތި ހުރިތޯބަލާ ޗެކްކުރުން، އަދި ދުއްވަން ޖެހޭ ސްޕީޑްގައި ދުއްވުން
  5. ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު އެންބިޔުލާންސް ދޮވެ ސާފްކުރުމާއި އަދި ކޮންމެ ދަތުރެއް ނިމުމުން އުޅަނދު ހަޑިވެފައި ވާނަމަ ދޮވެ / ފޮޅާ ސާފްކުރުމުގެ ކަންތައްތައް ޤަވާއިދުން ކުރުން
  6. އެންބިޔުލާންސްގައި އޮންނަ ބެޑްޝީޓާއިބާލީހު އުރަ އަބަދުވެސް ސާފްތާހިރުކޮށް ބޭއްވުމަށް ސަމާލުކަންދިނުން
  7. އެންބިޔުލާންސްގެ ދަތުރުތަކަކީ ކޮންމެ ވަގުތެއްގައިވެސް ކުރަންޖެހިދާނެ ދަތުރުތަކަކަށްވުމާއެކު އަބަދުވެސް ފޯން އޮންކޮށްފައި ބޭއްވުމަށް ސަމާލުކަން ދިނުން
  8. އެންބިޔުލާންސްގެ އެއްވެސް މަރާމާތެއް ނުވަތަ ހަލާކުވެފައިވާ އެއްޗެއް ވާނަމަ މަރުކަޒުގައި އެވަގުތެއްގައި ހުންނަވާ ވެރިޔަކާއި މަޝްވަރާކޮށްގެން ވީހާވެސް އަވަހަކަށް އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރުން
  9. އެންބިޔުލާންސްގެ ތަޅުދަނޑިއާއި އެންބިޔުލާންސް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ސާފްތާހިރުކޮށް ބެލެހެއްޓުން
  10. ޑިއުޓީ ނިމުމުންނާއި މޫސުން ގޯސްވާއިރު އަދި ރޭގަނޑު ވަގުތުތަކުގައި އެންބިޔުލާންސް ގަރާޖުގައި ބޭއްވުމަށް ސަމާލުކަން ދިނުން އަދި ގަރާޖު ސާފްތާހިރުކޮށް ބެލެހެއްޓުމާއި އެންބިޔުލާންސަށް ގެނެވޭތަކެތީގެ ސްޓޮކް ރަގަޅަށް ފަރުވާތެރިކަމާއެކު ބެލެހެއްޓުން
  11. އޮފީހުގައި ކުރެވޭ އެހެނިހެން މަސައްކަތްތަކުގައި އެހެން މުވައްޒަފުންނަށް އެހީތެރިވެ ދިނުމާއި ޢަމަލީ ގޮތުން އެކަންކަމުގައި ބައިވެރިވުން އަދި އޮފީހުގެ ޤަވާއިދުތައް ދެމެހެއްޓުމުގައި އެއްބާރުލުން ދިނުން
  12. މުވައްޒަފުންގެ މެދުގައި ހިންގޭ ޙަރަކާތްތަކުގައި އިސްނެގުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓާ އޮފީސްމާހައުލަކީ ހިތަހަމަޖެހިގެން މަސައްކަތްކުރާ މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން
  13. މުވައްޒަފުންގެ މެދުގައި މަސްލަޙަތު ގެއްލޭޒާތުގެ އެއްވެސް ވާހަކައެއް ނުދެއްކުމާއި މަރުކަޒުންދެވޭ ޙިދުމަތްތަކާއި ބެހޭގޮތުން އަދި މުވައްޒަފުން ބަނދުނާމުވާ ޒާތުގެ އެއްވެސް ވާހަކައެއް ނުދެއްކުމާއި އެފަދަ ކަމެއް ނުކުރުން
  14. އޮފީހުގެ އެއްމެހާ ސިއްރުތަކާއި ބަލިމީހުންގެ ސިއްރުތައް ހާމަނުކުރުން އަދި މަސައްކަތުގައި ދިމާވާ ކަންކަމުގައި އިސްވެރިންނާއި މަޝްވަރާކޮށް ޙައްލުކުރުން
  15. މުވައްޒަފާއި ހަވާލުކުރެވޭ މަސައްކަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް

މަގާމަށް ބޭނުންވާނެ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ހާސިލްކޮށްފައިވުން  

 

މަޤާމަށް ބޭނުންވާ ލައިސަންސެއްގެ ގޮތުގައި ގަބޫލުކުރާނީ، މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީއިން ގަބޫލުކުރާB1  ނުވަތަ B2 ކެޓަގަރީގެ މުއްދަތުހަމަނުވާ ލައިސަންސްއެކެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ވަށަފަރު ޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

2.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާއި ބެހޭ ޤާވާއިދު"ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް          

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ

ސަޕޯޓް ސަރވިސް ( އެސް އެސް 1 އެސް އެސް 5 އަށް )

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމުލަ އިންސައްތަ    (%)

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

25

21

26

މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަވިއު / ޕްރެކްޓިކަލްސް

100

48

48

ޖުމުލަ:

185

100

100

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 މާރޗު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ހއ ވަށަފަރު ޞިއްޙީމަރުކަޒަށެވެ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 މާރޗު 2020 އާއި 31 މާރޗު 2020 އާ ދެމެދު، ހއ ވަށަފަރު ޞިއްޙީމަރުކަޒުގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމް ) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ (A2 ފޯމު )" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯރޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއި މެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަނދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500565 ނަންބަރު ފޯނާއެވެ. އީ- މެއިލް ކުރާނީ [email protected] އަށެވެ.

26 ފެބުރުވަރީ 2020
ހޯދާ