މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓަށް ހުނަރުވެރިން ބިނާކުރުމުގެ ޕްރޮގްރާމްގެ ކޯސްތައް ހިންގައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ މެންޑޭޓުގެ ދަށުން ދިވެހިރާއްޖޭގެ މަސައްކަތުގެ ބާޒާރަށް ދިވެހިން ނެރުމާއި، އެކިއެކި ވަޒީފާތަކަށް ދިވެހިންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ ފުރުޞަތު ހޯދާދިނުމުގެ ގޮތުން ހިންގާ ހުނަރުވެރިން ބިނާކުރުމުގެ ޕޮރޮގްރާމްގެ ކޯސްތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ޓީ.އޯ.އާރުގައި ހިމަނާފައިވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 02 މާރިޗް 2020 ވާ ހޯމަ ދުވަހުގެ 11:00 ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިމާރާތުގެ 1 ވަނަ ފަންގިފިލާގައެވެ.

 

މި އިޢުލާނާއި ގުޅިގެން، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ، 05 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. ބީލަމަށް ހުށައަޅާ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ ބޮޑުތަކުރުފާނު މަގުއި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ 1 ވަނަ ފަންގިފިލާގައެވެ. އަންދާސީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ. ސުންގަޑީގެ ފަހުން ހުށައަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.

މި ކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދުމަށް، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

 

 

ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.

 

  1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް/ ކޯޓޭޝަން
  3. ޕްރޮފައިލް
  4. ތަޖުރިބާ ބަޔާންކުރާ ލިޔުން
  5. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  6. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  7. އެސް އެމް އީ ރަޖިސްޓްރޭޝަން ކޮޕީ

 

 

އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:

 

 

މާރކްސްދެވޭ ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު:

60%

މާކްސްދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކްއެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

2

މުއްދަތު:

10%

އެކަށީގެންވާ އެންމެކުރު މުއްދަތުގައި މަސައްކަތް ކުރަންފަށްޓަން ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން (މުއްދަތު ބަލާނީ ކޯހަށް އުޢުލާންކޮށް ކިޔަވައިދޭން ފަށްޓައިދެވޭނެ ތާރީހަށެވެ.)

3

 މަސައްކަތު ތަޖުރިބާ

30%

ތަޖުރިބާ ބަޔާންކުރާ ލިޔުންތަކަށް ބަލައި (ކުންފުނި ނުވަތަ އަމިއްލަ ފަރާތުން މީގެ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތުގެ ތަޖުރިބާ އެނގޭނޭފަދަ ރިފަރަންސަސް އާއި ކޮންޓެކްޓްސް ހިމަނަންވާނެއެވެ. އަދި މަސައްކަތް ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

 

 

 

25 ފެބްރުއަރީ 2020

 

25 ފެބުރުވަރީ 2020
ހޯދާ