ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ ބައްތިތައް ދިއްލާ މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ ބައްތިތައް ދިއްލާ މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

                  ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ ބައްތިތައް ކައުންސިލްގެ އިދާރާއިން ތަކެތި ދިނުމުން ދިއްލާ މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                  ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު ދޫކުރުން

01 މާރިޗް 2020

އާދިއްތަ

11:00

އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި

04 މާރިޗް 2020

ބުދަ

11:00

                މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                01 ރަޖަބު     1441

24 ފެބުރުވަރީ 2020
ހޯދާ