މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޗީފް އެކައުންޓެންޓް

 

ނަންބަރު: MREIC/IU/2020/0014

ވަޒީފާގެ ފުރުސަތު

 

                  މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް:                 

ޗީފް އެކައުންޓެންޓް

މުސާރަ:        

ކުންފުނީގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން ދެފަރާތް އެއްބަސްވާގޮތަކަށް

ބޭނުންވާ އަދަދު:

01

ކޮންޓްރެކްޓްގެ ބާވަތް:

ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން:    

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ މާލެ އޮފީހުގައެވެ.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ކުންފުނީގެ ފައިނޭންޝަލް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ރިޕޯޓިންގ، ފައިނޭޝަލް ރެކޯޑުތައް، އިންކަމް އާއި އެކްސްޕެންސްތަކުގެ ތަފްޞީލް / އެކައުންޓިންގ ލިޔެކިއުންތައް ބެލެހެއްޓުމާއި ކޮމްޕައިލްކުރުން.
  2. ކުންފުނީގެ މާލީ ހިސާބުތައް ބަލާ ދިރާސާކުރުމާއި ކެޕިޓަލް ޚަރަދުތަކާއި ބޮޑެތި އިންވެސްޓްމަންޓްތައް ބަލާ ދިރާސާކުރުން.
  3. ކުންފުނީގެ ބަޖެޓް ކޮންމެ އަހަރަކު އެކުލަވާލާ ތައްޔާރުކޮށް، ބަޖެޓް ދިރާސާކޮށް ރިވިއު ކުރުން
  4. ކުންފުނީގެ ފައިނޭންޝިއަލް ރިޕޯރޓާއި އެހެނިހެން ރިޕޯޓްތައް ތައްޔާރުކުރުން.
  5. ކުންފުނީގެ މާލީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް (ޕޮލިސީ،ޕްރޮސީޖަރ،އެސްއޯޕީ) އިސްލާހުކޮށް ހަރުދަނާކުރުމުގެ މަސައްކަތްކުރުން.
  6. ކުންފުނީގެ ލަނޑުދަނޑިތައް ޙާސލުކުރުމަށްޓަކައި ކުންފުނިން ހިންގާ އެންމެހައި ހަރަކާތްތަކުގައި ބައިވެރިވުން.

މަގާމުގެ ޝަރުތުތައް:           

  1. އޭސީސީއޭ، ސީމާ، ސީޕީއޭ ފުރިހަމަކޮށްފައިވުން
  2. މަތީގައި ދެންނެވިފައިވާ ސަނަދު އޮތުމާއި އެކު، މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާ އަކުން މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  3. އައި.އޭ.އެސް އަދި އައި.އެފް.އާރު.އެސް ސްޓޭންޑަޑްތަކަށް ފަރިތަވުމާއި އެކު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން މި ސްޓޭންޑްތައް އެޕްލައިކުރަން އިނގުން
  4. ރާއްޖޭގެ ވިޔަފާރީގެ އުސޫލުތަކާއި، ކުންފުނިތައް އޮޕަރޭޓްކުރާ ގޮތާއި، ވިޔަފާރީގެ އުސޫލުތަކާއި، ކުންފުނިތައް އޮޕަރޭޓްކުރާ ގޮތާއި، ވިޔަފާރީގެ ވައްޓަފާޅި އާއި، ދިވެހިރާއްޖޭގެ ޓެކްސްގެ ޤާނޫނާއި، އެހެނިހެން ޤާނޫނުތަކާ އެއްގޮތަށް މަސައްކަތްކުރުމުގެ ތަޖުރިބާ ހުރުމާއެކު މިކަންކަމަށް ރިޢާޔަތްލޕށް އެކައުންޓްތައް ބެލެހެއްޓުމުގެ ޤާބިލުކަން ހުރުން
  5. އެކައުންޓިންގ ގެ އުސޫލުތަކާއި، މިންގަނޑުތަކާއި، ފައިނޭންޝަލް މެނޭޖްމަންޓާއި، ބޭންކިންގ ގެ ނިޒާމް ހިންގާގޮތުގެ މަޢުލޫމާތު ލިބިފައިވުމާއި އެކު އެފަދަ ނިޒާމްތައް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.
  6. މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އާއި  އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުންކުރަން އެގުން

 

ވީމާ، މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 03 މާރޗް 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން އަށް ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ.

އީމެއިލް: [email protected]                     

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ،  3001186 ނަންބަރު ފޯނަށް، ނުވަތަ 7736424 ނަންބަރު ފޯނަށެވެ.

 

 24 ފެބްރުއަރީ 2020

24 ފެބުރުވަރީ 2020
ހޯދާ