ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިރަށު މަސްޖިދުލް ޢަމަލުމިސްކިތް، މަސްޖިދުއްޞަލާޙް މިސްކިތް، ފިރިހެނުންގެ ކުޑަމިސްކިތް، އާޘާރީ މިސްކިތް، މި 04 މިސްކިތުގެ އިމާމު / މުދިމް ޗުއްޓީ ނަންގަވާއިރު ނުވަތަ އެނޫންވެސް ޙާލަތެއް މެދުވެރިވެ، ވަޒީފާއަށް ނުނިކުމެވޭ ވަގުތުތަކުގައި ޕޫލު އުޞޫލުން މަސައްކަތް ކުރުމަށްޓަކާއި އިމާމު / މުދިމް ބޭނުންވެއްޖެއެވެ.

 

މަޤާމު:             އިމާމު / މުދިމް

ބޭނުންވާ ޢަދަދު:       04

މަޤާމުގެ ގިންތި:        ވަގުތީ ( ޕޫލް އުޞޫލުން )

މަޤާމު އޮތް އިދާރާ:      މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު / ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން:   ތިލަދުންމަތީ އުތުރުބުރީ ބާރަށު މިސްކިތްތައް

މުސާރަ:            އިމާމު ( މަސައްކަތް ކުރާކޮންމެ ވަގުތަކަށް )  61 ރުފިޔާ

                މުދިމް ( މަސައްކަތް ކުރާކޮންމެ ވަގުތަކަށް )  53 ރުފިޔާ

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކައުންސިލްގެ އިދާރާއިން ހަމަޖައްސާ މިސްކިތެއްގައި ކޮންމެ ނަމާދު ވަގުތުގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައްބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއިއެކު، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދު ކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް ކައުންސިލްގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯ ބެލުން.
  • ކައުންސިލްގެ އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިން ކަށުނަމާދުކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.

 

 

  • މިސްކިތްތަކުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  • މިސްކިތުގެ މަސައްކަތު މީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިންރާވާ އުސޫލެއްގެމަތިން ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.
  • މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް އަންގާ އެވެރިއަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.
  • އޮފީހުން އަންގައިފި ހިނދެއްގައި ތަރާވީޙް ނަމާދާއި ކަށުނަމާދު އިމާމުވެ ކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު:

1-   މުދިމް ކަމުގެ ސަނަދު ލިބިފައިވުން ނުވަތަ

2-   ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ

3-   ކަތީބު ކަމުގެ ސަނަދު ލިބިފައިވުން ނުވަތަ

4-   ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ޘާނަވީ ދެވަނަ އަހަރު ނިންމައި، ޤްރުއާން، ފިޤުޙު،  ތަޖްވީދު، މި 3 މާއްދާއިން، ފާސްވެފައިވުން ނުވަތަ

5-   ދިވެހި ސަރުކާރުގެ ޤަބޫލުކުރާ ދީނީ މަޢުހަދަކުން ޘާނަވީ ދެވަނަ އަހަރު ނިންމައި، ޤުރުއާން، ފިޤުޙު، ތަޖުވީދު، މި 3 މާއްދާއިން، ފާސްވެފައިވުން

 

            މުދިމް ކަމުގެ މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހުން ނުލިބިއްޖެނަމަ މުދިމްކަމުގެ މަޤާމަށް މީހުން ހޮވާނީ މުދިމްކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު އިންނާއި އަދި ބަންގިއާއި ޤުރުއާނުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

1-     ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް

3-     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 

ތަކެތި ހުށަހަޅަންޖެހޭ ގޮތް: ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ،[email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  15 މާރިޗް 2020 އާއި 20 މާރިޗް 2020 އާއި ދެމެދު ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ސޯޓްލިސްޓް ކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

            އިމާމު ކަމުގެ ޝަރުތު ހަމަވާ މީހަކު ނުލިބިއްޖެނަމަ މި އިޢުލާނާއި ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިޔު ކުރުމާއެކު ދެވޭ ޤުރުއާން ޓެސްޓަކުން ފާސްވެ އެންމެ މަތީ މާކުސް ލިބޭ އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މުދިމު ކަމުގެ ވަޒީފާ ލިސްޓުކުރެވިފައިވާ ތަރުތީބުން ހަމަޖެއްސޭނެއެވެ.

 

 ތަކެތި ހުށަހެޅުމުގެ ސުންގަޑި: 10 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން

         

         30 ޖުމާދަލްޢޫލާ 1441

         24  ފެބުރުއަރީ 2020                    

24 ފެބުރުވަރީ 2020
ހޯދާ