މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ރެފްރިޖިރޭޝަން އަދި އެއަރ ކޮންޑިޝަނިންގ މަސައްކަތްކުރާ ޓެކްނީޝަނުން ރަޖިސްޓްރީ ކުރުމާ ބެހޭ މާލެ، ދިވެހިރާއްޖެ

ކިގާލީ އެމެންޑްމެންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރއަށް ދިވެހި ރާއްޖޭގެ ފަރާތުން ގެނެވުނު ބަދަލުތަކާ ގުޅިގެން އައު ފްލޭމެބަލް ރެފްރިޖިރެންޓްތައް ރާއްޖެއަށް އެތެރެކުރެވޭނެއެވެ. އަދި މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ އިތުރުން ފްލޭމަބަލް ރެފްރިޖަރެންޓް އާއި ބެހޭ ތަމްރީނު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޓެކްނީޝަން ތަމްރީނު ކުރުމާއި ސަޕޯރޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ މިދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުން ތިރީގައިވާ ފޯމު ފުރިހަމަކޮށް މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.

މިފަދަ ޓެކްނިކަލް ސަޕޯޓް ޕްރޮގްރާމްތަށް މެދުވެރިކޮށް ކުރިއަށް އޮތް  މުސްތަޤުބަލުގައި އަންނާނެ ބަދަލުތަކަށް ތައްޔާރުވުމުގެ ފުރުސަތު ޓެކްނީޝަނުންނަށް ހުޅުވިގެން ދާނެއެވެ. ވީމާ، ޝައުގުވެރި ފަރާތްތައް ނުވަތަ ކުންފުނިތައް މި ތިރީގައިވާ ކުރެވިފައިވާ ފޯމް ފުރިހަމަކޮށް މިމިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.

ސުންގަޑި: 07 މާރިޗު 2020ވާ ބުދަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން

 

އިތުރުމައުލޫމާތު:

ފޯނު: 3018369، 3018361

ފެކްސް: 3018301

އީމެއިލް:[email protected] 

23 ފެބުރުވަރީ 2020
ހޯދާ